ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީނަށް، ހެދި ގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަދަން ޖެހިދާނެ ކަމަށްއެމްޑީޕީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދެވެ. އެ މައްސަލައިގައި ބުނެފައިވަނީ ގާނޫނުގައި ބުނެފައިވާ ގޮތާ ހިލާފަށް ރައީސް މުއިއްޒު ވެރިކަމުން ދުރުކޮށް، ”އަމީނަށް ހެދި ގޮތް“ ހަދަން ޖެހޭ ކަމަށް ބުނެ އެމްޑީޕީގެ އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާ ކަމަށާއި އެއީ ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އަމަލެއް ކަމަށެވެ.
އަނިޔާވެރިކަ،މަށް ހިތްވަރުދީ ގޮވައިލި އެ މައްސަލައިގެ އެންމެ ފުނަށް ބަލައި ތަހުގީގު ކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ 44 ވޯޓާ އެކު ވަނީ އެ ކުއްލި މައްސަލަ ބަލައިގެންފަ އެވެ. ކުއްލި މައްސަލަ ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ އަށް މެންބަރަކު ވޯޓު ދެއްވި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް ވަނީ އަމީންގެ ވެރިކަމާއި އެ މަނިކުފާނުގެ ނިމުން އައި ގޮތާ ގުޅުވައި، ކުޅުދުއްފުށީގައި އެ ޕާޓީގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ ދިފާއުކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ފާޑުކިޔުން އަމާޒުވި ވާހަކަ ދިފާއުކުރައްވައި ފައްޔާޒު ވިދާޅުވީ ”ރައްޔިތުންނަށް ދެރަ ދިނީމަ ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް“ ކަމަށެވެ.
އެކަމަކު ފައްޔާޒު ވިދާޅުވި ގޮތުގައި ޕޯޑިއަމެއްގައި މީހަކު އެގޮތަށް ބުނެފައި ވަނީ މިހާރުގެ ރައީސަށް ނަސޭހަތެއް ދިނުމުގެ ގޮތުންނެވެ.
”ތި ކުރެއްވި ސުވާލުގައި ކުޅުދުއްފުށި ވާހަކަ ފާހަގަކުރި. ރައްޔިތުންނަށް ދެރަ ދިނީމަ ހަމަ މުހައްމަދު އަމީނަށް ހެދިހެން ހަދަންޖެހޭނީ. އެހެން ކޮން ގޮތެއްތޯ ހަދާނީ. އެެއީ ދިވެހިރާއްޖޭގެ ތާރީހު ދައްކާފައި އޮތް ހަގީގަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިއަދު ހުންނެވި ޑރ. މުއިއްޒަށް ނަސޭހަތުގެ ގޮތުން. އެހެން ވިޔަ ނުދޭށޭ އެ ބޭފުޅަކު ވިދާޅުވީ،“ ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒުގެ އެ ވާހަކަތަކަށް އަމީންގެ ކާފަ ދަރިކަނބަލުން ފަރަހަނާޒް ފައިސަލް ވަނީ ރައްދު ދެއްވައިފަ އެވެ. ފަރަހަނާޒް ވިދާޅުވީ އިސްލާމީ ޝަރުއީ ހަމަތަކުން ބޭރުން މީހަކު މަރާލުމަކީ ދުވަހަކު ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކޮންމެ ގޮތަކަށް ކަމެއް ކުރިޔަސް ބަޔަކު ނިކުމެ މީހަކު މަރާލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރެޔާއި ދުވާލު މަސައްކަތްކުރާ ވެރިޔަކަށް ބޭނުންވަނީ އެއްބާރުލުން ދޭނެ ކައުންސިލަރުން: ސާޖިދާ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް