އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށްފިނަމަ އެ ޕާޓީ ހިންގާނެ ފަރާތްތައް ކަނޑައަޅައިފި އެވެ.
އެމްޑީޕީން މިރޭ ކާނިވާލުގައި ބޭއްވި ”ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން“ ޖަލްސާ ފެށުމުގެ ކުރިން އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް އެތަނުގައި ވަނީ ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، އެމްޑީޕީގެ މިހާރުގެ ލީޑަޝިޕް ހައްޔަރުކޮށްފި ނަމަ ޕާޓީ ހިންގާނެ ބަޔަކު ކަނޑައެޅީ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއްގައި ކަމަށެވެ
ޕާޓީ ހިންގާނެ ބަޔަކު ކަނޑައެޅިކަން ފައްޔާޒު ހާމަކުރެއްވި ނަމަވެސް އެއީ ކޮންބައެއްކަން ފައްޔާޒު ހާމަކުރައްވައިފައިނުވެ އެވެ.
މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަށް ވެސް ފާސްކޮށްފަ އެވެ.




2 Comments
ގުޅުންހުރި
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު
އެމްޑީޕީއަށް ކައުންސިލު އިންތިހާބު ކާމިޔާބުކޮށްދިނުމަށް ހުރިހާ އެއްބާރުލުމެއް ދޭނަން: ނަޝީދު
އަޅުގަނޑަކީ މީހެއްގެ ނުފޫޒެއްގައި ޖެހޭނެ މީހެއް ނޫން: ގަޕޯ
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމަށް ގަޕޯ އިންތިހާބުކޮށްފި
ބަޖެޓުން ފައިސާ ލިބޭ ޕާޓީތަކުގެ ލިސްޓުން އަދާލަތު ޕާޓީ އުނިވެއްޖެ