ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޕާޓީން ވަކިކޮށްގެން ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި ބަދަލު ދެމި އޮންނަ މުއްދަތުގައި، ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން ނުވަތަ އެމްޑީޕީއަށް ސޮއިކުރުމުގެ ސަބަބުން ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު ތަމްސީލުކުރި ދާއިރާއަށް އަލުން އިންތިހާބު ކުރަން އެހީތެރިވުމަ ށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީން އެގޮތަށް ފާސްކޮށްފައިވަނީ ކާނިވަލުގައި މިރޭ ބޭއްވި ”ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން“ ޖަލްސާ ފެށުމުގެ ކުރިން އެތަނުގައި ތިބެ އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އެ ގަރާރު ހުށަހެޅުއްވީއެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި ކޮލަމާފުށި ދާއިރާގެ ރައީސް މަހްފޫޒު ސައީދެވެ. ގަރާރު ފާސްކޮށްފައި ވަނީ ބައްދަލުވުމަށް ހާޒިރުވި 89 މެންބަރުންގެ އިއްތިފާގުންނެވެ.
މަހްފޫޒު ވިދާޅުވީ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ”ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތްކުރުމަށް އޮތް މިނިވަން އިހުތިޔާރުވެސް ނިގުޅައިގަންނަ، އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފު ބަދަލެ“ ކަމަށެވެ.
މި ގަރާރުގެ އިތުރުން އެމްޑީޕީން ވަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅު ޕެޓިޝަނެއް ވެސް ތައްޔާރުކޮށް މި ބައްދަލުވުމުގައި އެ ޕެޓިޝަން ފާސްކޮށްފަ އެވެ.




1 Comment
ގުޅުންހުރި
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް