ކުރީ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާ މުދަލާއި ފައިސާގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި, ދައުވާ ކުރެވޭ ނަމަ އެކަން ކުރުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލަފާ ދޭން ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ ދައުލަތުގެ މުދަލާއި ފައިސާއިން ނުހައްގުން އެކި ފަރާތްތަކަށް ބަދަލު ދީފައިވާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޖީނާއީ ތަހުގީގެއް ހިންގުމަށް ފާސްކޮށްފަ އެވެ. އެއީ އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ, ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހްއާއި, ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ސިޔާމް އަދި, ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްއެވެ.
ކޮމިޓީ ބައްދަލުވުމުގައި ސޯލިހު، ފައްޔާޒު އަދި ޝިޔާމުގެ މައްޗަށް ތަހުގީގު ހިންގައި ދައުވާކުރުމަށް ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.
މީގެ އިތުރުން ކޮމިޓީ ބައްދަލުވުމުގައި ފާސްކޮށްފައިވަނީ 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށާއި, އެ އެއްބަސްވުންތައް ބާތިލް ކުުރުމަށް ކުރަން ޖެހޭ އެންމެހާ ގާނޫނީ ކަންކަން ކުރުމަށް, އަދި އެފަދައިން ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ދައުލަތަށް އަނބުރާ ހޯދުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށެވެ.
މާލިއްޔަތު ގާނޫނުން ބޭރުން އެއްވެސް ފަރާތަކަށް ބަދަލެއް ދީފައި ވޭތޯ ބަލައި, އެގޮތަށް ބަދަލުގެ ގޮތުގައި ދީފައިވާ އެއްޗެހި ދައުލަތަށް އަނބުރާ ހޯދުމަށް ބަންޑާރަ ނައިބަށާއި ކަމާ ގުޅުންހުރި އިދާރާތަކަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.




9 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ތިމަރަފުށި މުސްތަފާ، ރައީސް ސޯލިހަށް މަރުގެ އިންޒާރުދިން މައްސަލައެއް
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް