ހުޅުމާލޭގައި ރޭ ބައެއް ޓެކްސީ ޑްރައިވަރުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ވެހިކަލްތަކަށް ސިނަމާލެ ބްރިޖަށް ނޭރޭ ގޮތަށް ހުޅުމާލެ މަގު ބްލޮކް ކުރި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ރޭ ކުރި އިހުތިޖާޖާ ގުޅިގެން ހަތަރުފުރޮޅުލީ ވެހިކަލްތަކަށް ބުރިޖަށް ނޭރި، ޓްރެފިކް ބާރުބޮޑުވި އެވެ.
އެ އިހުތިޖާޖު ފުލުހުން ރޫޅާލީ ޓެކްސީތައް ޓޯކޮށްގެންނެވެ. އެގޮތުން އެއިން ކޮންމެ ވެހިކަލަކަށް ޑްރައިވަރަކާއެކު ފުލުހަކު އަރުވައިގެން ގެންގޮސްފައިވަނީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ ޓޯޔާޑަށެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށް ހަތަރުފުރޮޅުލީ 22 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.
ހައްޔަރުކުރި ތިން މީހުންނަކީ މއ. ވިރާހު/ މުހައްމަދު ޝާމިން (39އ)، ލ. ދަނބިދޫ/ ސަންރޭ، އަހުމަދު ޝަބީން (33އ) އަދި ހދ. ކުމުންދޫ/ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު (36އ) އެވެ.
ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ނުއުމާން ޝަރުތު ކުރުމަށްފަހު ދޫކޮށްލައި، ޝާމިން އާއި ޝަބީން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.




28 Comments
ގުޅުންހުރި
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން