ސާވާތައް ސަލާމަތްނުވެއްޖެނަމަ މަޝްރޫއުތަކުގެ މައުލޫމާތު ގެއްލޭނެ: ހައިދަރު

ހައުސިން މިނިސްޓްރީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ މިނިސްޓްރީގެ ސާވާތަކުގައި ހުރި މައުލޫމާތު ރިކަވާނުވެއްޖަނަމަ މަޝްރޫއުތަކުގެ މައުލޫމާތު ގެއްލޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ހައުސިން މިނިސްޓްރީ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ. އެހެންވެ އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފަ އެވެ.

ދަރުބާރުގެ ކައިރީގައި މިއަދު ހުންނަވައިގެން ޕީއެސްއެމަށް ދެއްވި އިންޓަވިއެއްގައި ހައިދަރު ވިދާޅުވީ ސާވޭތަކުގައިހުރި މައުލޫމާތު ރިކަވާ ކުރެވޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

”ހުރިހާ މުވައްޒަފުންގެ މައުލޫމާތާއި އަދި އަޅުގަނޑުމެން ކުރަމުން ގެންދިޔަ ހުރިހާ މަޝްރޫއުތަކެއްގެ މައުލޫމާތު ވެސް ހަމަ ރައްކާ ކުރެވިފައި ހުންނާނީ ސާވާގައި، އެ ސާވާއަށް އެކްސެސް ނުލިބޭ ކަމަށްވަންޏާ އަޅުގަނޑުމެންނަކަށް އެ މައުލޫމާތެއް އަލުން ހޯދޭނެ ގޮތެއް ނޯންނާނެ، ދެން ހުރިހާ ލިޔެކިޔުމެއް ވެސް އަނދައި ދިޔައީ،“ ހައިދަރު ވިދާޅުވި އެވެ.

”މާބޮޑު އުއްމީދެއް ނެތަސް އަޅުގަނޑުމެން ކޮންމެހެން ކުރަންޖެހޭ ކަމެއް ކިރިޔާވެސް އެ މައުލޫމާތުތައް ހޯދޭ ކަމަށް ވަންޏާ އަޅުގަނޑުމެން ބަލާނަން އެ މައުލޫމާތުތައް ހޯދޭތޭ… އެކަމަށް ޑިސްކު އެނަލައިޒްކޮށްގެން އެ އެއް އެނގޭނީ. އެނަލައިޒް ކުރަން ފަހަރެއްގައި ބޭރަށްވެސް ފޮނުވަން ޖެހިދާނެ.“

ހައިދަރު ވިދާޅުވީ އަލިފާނުގެ ހާދިސާގައި ބައެއް ކަރުދާހުގައި ހުރި މައުލޫމާތުތައް ރައްކާތެރިކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޑިސްކަތަކުގައި ގޭގެ ރަޖިސްޓްރީތަކާއި ކުރެހުންތައް ހުންނާނެ ކަމަށާއި ޑިސްކުން އެ ތަކެތި ރިކަވާނުވެއްޖެ ނަމަ އަލުން ޖެހޭނީ އެ މައުލޫމާތުތައް ހޯދަން ކަމަށެވެ. ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން ލިޔުންތަކެއް ސަލާމަތްކުރެވުނަސް އެއީ ކޮން ލިޔުންތަކެއް ކަމެއް އަދި އެއްކޮށް ސާފުނުވާ ކަމަށް ހައިދަރު ވިދާޅުވި އެވެ.

 

 

 

4 Comments

  • Raz Abdul ޑިސެމްބަރ 14, 2024

    🥲

  • Shakyla Mohamed ޑިސެމްބަރ 14, 2024

    Haadha hevifa

  • Mohamed Waseeh ޑިސެމްބަރ 14, 2024

    Mikaleyge gellunu nama kihaaragalhu

  • Abraham Lincan ޑިސެމްބަރ 15, 2024

    Buraanchhaa NCIT kobaa

Leave a Reply to Abraham Lincan Cancel reply