ފާއިތުވެ ދިޔަ އަހަރުތަކުގައި އެކި ސަރުކާރުތަކުން މަންދޫގައި މަޝްރޫއުތައް ހިންގާފައިވަނީ ވަރަށް މަދުން ކަމަށާއި މި ސަރުކާރުން އެހެންވިޔަ ނުދީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެ އެވެ.
މަންދޫ ކައުންސިލުން އެގޮތަށް އެދުނީ އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގަ އެވެ.
އދ. ދަނގެތި ކައުންސިލް އިދާރާގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މަންދޫ ކައުންސިލުން ވަނީ އެ ރަށަށް އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވައިފަ އެވެ. އޭގެ ތެރޭގައި:
- ރަށުގެ ސްކޫލަށް އިތުރު ކުލާސްރޫމް
- ސިއްހީ މަރުކަޒުގެ ހިދުމަތް އިތުރަށް ތަރައްގީކުރުން
- ބަނދަރު ތަރައްގީކުރުން
- އޭޓީއެމްގެ ހިދުމަތް ރަށުން ލިބުން
- ރަށުން މާލެއަށް ފަސޭހައިން ދެވޭނެ ގޮތެއް ހަމަޖެއްސުން
ރައީސް އޮފީހުން ބުނީ، ވައުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްދާނެ ކަމަށާއި މުޅި ރާއްޖޭގައި އޭޓީއެމްގެ ހިދުމަތް ތައާރަފުކުރުމުގެ މަޝްރޫއު ފެށިފައިވާކަން އެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަމަށެވެ.

9 Comments
ގުޅުންހުރި
މާފަންނު ސަހަރާ ތަރައްގީ ކުރާނީ 295 ސައިކަލު ޕާކިން ޖާގަ އާއެކު
މާރަމާރީގެ ތުހުމަތައް ހައްޔަރުކުރި ޒުވާނާ ޝަރީއަތް ނިމެންދެން ބަންދަށް
ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް މަނާކުރުމުން މޫނަށް ދުންބުރުވާ މީހުން މަދުވެއްޖެ: ރައީސް
ދުންފަތް ވިއްކާ މީހުން ތިބީ އަޅުގަނޑު ދެކެ ހިތްހަމަނުޖެހިފައި: އެކަމަކު ވަރިހަމަ:
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް
ފީނަން އުޅެނިކޮށް ލޯންޗަކުން ޖެހި ބުރިވި އަތް އަދިވެސް ނުފެނޭ!