ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތިތަކެއް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް މިހާތަނަށް އެއްވެސް ތުހުމަތެއް ނުކުރާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ފެށި ތަހުގީގާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވީ އެ ތަހުގީގުގެ ތެރެއިން މިހާތަނަށް ހަ މީހަކާ ސުވާލުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާތަނަށް ފަޒުލްއަކަށްވެސް އަދި އެއްވެސް މީހަކަށް ތުހުމަތެއް ކޮށްފައި ނުވާނެ ކަމަށެވެ.
އަދި މައްސަލައާ ގުޅިގެން އެއްވެސް މީހެއްގެ ޕާސްޕޯޓް ހިފަހައްޓަންވެސް އެދިފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފުލުހުންގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން މިއަދު ވަނީ ސަސްޕެންޑް ކޮށްފަ އެވެ.
ބޯޑު ސަސްޕެންޑްކޮށްފައި ވާއިރު އައިޓީ ކޮންސަލްޓެންޓް އަބްދުﷲ ޝުހޫދާއި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީން އަދި ރިއަލްއެސްޓޭޓް ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އައިމަން ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.




5 Comments
ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ
މާވިން އިސްލާމްވެއްޖެ، އޭނާގެ އާ ނަމަކަށް ޔޫސުފް
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް