އައްޑޫ ސިޓީން، ފުރައިގެން މާލެ ދަތުރުކުރަމުންއައި ”ސީމެކްސް“ ބޯޓުން ކަނޑަށް ވެއްޓުނު ނޭޕާލް ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރް ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ފަޅުވެރިޔާ ހޯދުމަށް ކަނޑުގެ 304 ނޮޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. ފުވައްމުލަކު ސިޓީގެ ކަނޑުގެ ސަރަހައްދު ވެސް ވަށައިގެން ވެސް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް ފަޅުވެރިޔާ ފެނިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ކަނޑުމަގުން، ކޯސްޓްގާޑުގެ އުޅަނދުތަކުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ އޮޕަރޭޝަންގައި ޑްރޯން ބޭނުން ނުކުރި ސަބަބެއް އެމްއެންޑީއެފުން ނުބުނެ އެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އައްޑޫން ފުރި ސީމެކްސް ބޯޓުގައި ރާޖު ކުމާރު ނެތްކަން އެނގުނީ އެ ބޯޓު އައްޑުއާއި ފުވައްމުލަކާ ދެމެދު ކަނޑުމަތީގައި އޮއްވަ އެވެ. އެއީ ފުވައްމުލަކާ 8 މޭލު ދުރުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އެ ހާދިސާގެ މައުލޫމާތު ދެމުން ފުލުހުން ހޯމަ ދުވަހު ބުނެފައިވަނީ ބޯޓު އައްޑޫން ފުރިއިރު އޭގައި ރާޖް ކުމާރު ހުރި ކަމަށާއި ހޯމަ ދުވަހުގެ ރޭ މެންދަމު 1:15 ހާއިރު ބޯޓުގެ ކެޕްޓަންއާ އޭނާ ވާހަކަ ދެއްކި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގުޅުންހުރި
ފޭކު ސްލިޕު ފޮނުވައިގެން ޒައިދާންއާއި އޭނާގެ އަންހެނުން ހައްޔަރުކޮށްފި
މާލޭ ގެއެއްގެ ދެވަނަ ބުރިން އަންހެނަކު ވެއްޓި ފަރުވާދެނީ
އެކްސިޑެންޓެއްވުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި
ފިހާރައެއް ފަޅާލައި ވަގަށްނެގި ތަކެތި ވަޅުލައިފައި ހުއްޓާ ހޯދައިފި
މަޖިލީހުގެ 65 މެންބަރަކާއި ސިފައިންނާއި ފުލުހުންގެ 80 ޕަސެންޓް ޖެމްކިއު ބޭނުންކުރޭ:
ރައުދު ރާއްޖެއިން ބޭރަށް ފުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފި