އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ބޯޓުން ކަނޑަށް ވެއްޓި ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މެދުކަނޑާލެވުނު ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ފުލުހުން ބުނާ ގޮތުން ”ސީމެކްސް“ ނަމަކަށް ކިޔާ އެ ބޯޓުގައި ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ނޭޕާލްގެ ރާޖް ކުމާރު ގެއްލިފައިވާކަމުގެ މައުލޫމާތެއް ލިބުނީ މިދިޔަ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އޭނާ ބޯޓުގައި ނެތްކަން އެނގުނީ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން، ފުވައްމުލަކު ސިޓީއާ 8 މޭލު ކައިރިން ކަމަށްވެސް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ފަޅުވެރިޔާ ހޯދުމަށް މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ކަނޑުމަގުން 304 ނޮޓިކަލް މޭލުގެ ސަރަހައްދެއް އަދި ފުވައްމުލަކު ސިޓީގެ ކަނޑުގެ ސަރަހައްދު ވަށައިގެން ބަލާފައިވާ ކަމަށެވެ. ނަމަވެސް ފަޅުވެރިޔާ ފެނިފައިނުވާތީ އޭނާ ހޯދުމުގެ މަސައްކަތް މެދުކަނޑާލައިފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް އެމްއެންޑީއެފުން މިރޭ ބުނީ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ހުއްޓައިނުލާ ކަމަށާއި ކުރިން ހުއްޓާލި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށެވެ. އަދި އެކަމަށް ވަނީ މާފަށް އެދިފަ އެވެ.
އެމްއެންޑީއެފުން ބުނީ ފަޅުވެރިޔާ ހޯދުމަށްޓަކައި އޮޔާއެކު އޭނާ ލައްގާނެ ކަމަށް ގަބޫލުކުރެވޭ ދިމާތަކުގައި މިއަދު ސާޗް އޮޕަރޭޝަން ކުރިއަށްގެންދިޔަ ކަމަށެވެ. އަދި އެ ސަރަހައްދުގައި ދަތުރުކުރާ އިންޓަނޭޝަނަލް އުޅަނދުފަހަރާވެސް ކޯޑިނޭޓް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.




2 Comments
ގުޅުންހުރި
ޑުރަގް ވިޔަފާރިކޮށް މަނީ ލޯންޑާކުރާ ބޮޑުން ހޯދަން ގއ. އަތޮޅުގައި ބޮޑު
ކިނޮޅަސް ކައިރިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިއްޖެ
ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި ނޭޕާލް ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލަން ނިންމައިފި
13 އަހަރުގެ ކުއްޖަކު ރަހީނުކޮށް މަރާލި މައްސަލަ: 17 އަހަރުގެ ކުއްޖާ
ރޯވި ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި އަށް ފަޅުވެރިން ސަލާމަތްކޮށްފި
ބޭރު ގައުމުތަކުގައި ތިބި ކުށްކުރާ ދިވެހިންނަށް ފުލުހުންގެ އިންޒާރު: ތިބި ތަނަކުން