އެންސްޕާގެ އޮފީސް އިމާރާތް ބަދަލުކުރަން އަގުބޮޑުކޮށް އޮފީސް އިމާރާތެއް ކުއްޔަށް ހިފި މައްސަލައިގައި ތުހުމަތުކުރެވޭ ހިޔާނާތުގެ މައްސަލަ އެ މަނިކުފާނާ ހިސާބަށް އަދި އައިސްފައިނުވާ ކަމަށް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގެ ބޭރުގައި ހުންނަވައިގެން ނޫސްވެރިންނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ސަރުކާރުގެ ތަނެއްގައި ކޮރަޕްޝަންގެ ކަމެއް ހިނގާނަމަ އެކަން ބަލަންޖެހޭނެ ކަމަށާއި ގަވާއިދާ ހިލާފަށް .ބަޔަކު ކަމެއް ކުރާނަމަ ފިޔަވަޅު އަޅަންވެސް ޖެހޭނެ ކަމަށެވެ. އެގޮތުން މީގެކުރިން ވެސް އެފަދަ މައްސަލަތަކުގައި އެކި ފަރާތްތަކަށް ފިޔަވަޅު އަޅުއްވައި ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑާ ހަމައަށް އެކަމުގެ [އެންސްޕާގެ] އެއްވެސް މައުލޫމާތެއް އަދި ނާދޭ އެނގޭތޯ. އަޅުގަނޑާ ހަމައަށް ލިބިއްޖެއްޔާ އަޅުގަނޑު ހަމަ ކަމާބެހޭ ފަރާތްތަކަށް ދެންމެގައިވެސް މި ދެންނެވި ފަދައިން ހުށަހަޅާނަން،“ ރައީސް ވިދާޅުވި އެވެ.
ރައްޔިތުންނަށް ވައުދުވެވަޑައިގެންފައިވަނީ ކޮރަޕްޝަނާއި ފަސާދައިން ސަލާމަތްވެފައިވާ ސަރުކާރެއް ރައްޔިތުންނަށް ގެނެސްދެއްވުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.
އެންސްޕާ އަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވީ ސަރުކާރު ޕްރޮމޯޓް ކުރުމަށް އެމްއެމްޓީވީގެ ނަމުގައި ދާދި ފަހުން ހިންގަން ފެށި ޓީވީ ޗެނަލްގެ ކުންފުނި، މޯލްޑިވްސް މީޑިއާ ހައުސް އިން ފަސް އަހަރު ދުވަހަށް، އިމާރާތެއް ކުއްޔަށް ހިފުމުންނެވެ.
އެންސްޕާ ހިންގުމަށްޓަކައި ޖުމުލަ 34 މިލިއަން ރުފިޔާއަށް ތިން ފްލޯ ކުއްޔަށް ހިފީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީގެ މއ. ސީރާޒީގެއިންނެވެ. އެއީ މޯލްޑިވްސް މީޑިއާ ހައުސިން ދިގު މުއްދަތަކަށް ކުއްޔަށް ނަގާފައިވާ ފްލޯތަކެކެވެ.
އެތަން އެންސްޕާ އިން ކުއްޔަށް ހިފީ ނެޝަނަލް ޓެންޑާ ބޯޑުން ހުއްދަ ދީ، އަދި އޯޕަން ޓެންޑަގެ އުސޫލުންނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ހައުސިން އާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް ގެންނަން އެންސްޕާ އިން ނިންމި އެވެ.

87 Comments
ގުޅުންހުރި
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް
ދައުލަތުގެ އާމްދަނީން މީޑިއާތަކަށް 0.1 ޕަސެންޓް ދޭން އިއުލާންކޮށްފި
މިއަދާ ހަމަޔަށް އޮތީ ދިއުޅި ދިގު ނިޒާމެއް ކަމަށް، އެކަން ބަދަލުކުރީ
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި