ސްޓެލްކޯ އިން ހިދުމަތް ދޭ ރަށްރަށުގައި 50،000 އަށްވުރެ ގިނަ ގަސް އިންދައިފި އެވެ.
ސްޓެލްކޯ އިން ވަނީ ސަރުކާރުގެ ”ފަސް އަހަރުން ފަސް މިލިއަން ގަސް“ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، މިދިޔަ ޖޫން މަހުގެ ފަސްވަނަ ދުވަހު، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ހާއްސަ ހަރަކާތެއް ފަށައިފަ އެވެ.
ސްޓެލްކޯ އިން ބުނީ، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް އެ ކުންފުނިން ހިދުމަތް ދޭ ރަށްރަށުގައި ޖުމުލަ 52،334 ގަސް އިންދާފައިވާ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، އެ ކުންފުނީގެ އަމާޒަކީ ކޮންމެ މަހަކުވެސް 9،200 ގަސް އިންދުމެވެ.

3 Comments
ގުޅުންހުރި
ކަނޑައެޅި ވަގުތުގެ ކުރިން ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް، ފަހުމީގެ ޝުކުރު މުވައްޒަފުންނަށް
މާދަމާ މާލެއާއި ހުޅުމާލެއިން އެއް ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ގަޑިއިރެއް ތެރޭ ކަރަންޓު ދީފި
1 ޖޫންގައި މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައިގެ ތަހުގީގު އަދިވެސް
މައްސަލަ ހައްލުކޮށް، މުޅި މާލެ ސަރަހައްދަށް އަލުން ކަރަންޓު ދީފި
ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ