ހިޔާނާތުގެ ތެރެއިން ބިމާއި ފްލެޓް ދިން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އެޗްޑީސީން މިއަދު ރިޕޯޓް ކުރި އެ ހާދިސާގައި ލެޕްޓޮޕްތައް ވަގަށް ނެގީ ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ހިމެނޭ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ މި ވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ކަމަށްވެސް ބުންޏެވެ.
”[ލެޕްޓޮޕްތައް] އަދި ނުފެނޭ. ހޯދުމުގެ މަސައްކަތަށް ކުރިއަށް އެބަދޭ. ތުހުމަތު ކުރެވޭ މީހާ ދަނީ ފުލުހުންނަށް އެއްބާރުލުން ދެމުން،“ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައި މިވަނީ އެ ތަނުގައި ހިންގާފައިވާ ކަމަށް ހިޔާނާތުގެ ބޮޑެތި ކަންކަމުގެ ތަހުގީގެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރަމުން ދަނިކޮށެވެ. އެ މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު އިސްތިއުފާ ދެއްވައިފަ އެވެ.




9 Comments
ގުޅުންހުރި
ސޮޓޮކް މަދުވުމުން 20 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ނެރެފި
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް
އިންތިޚާބަކާ ނުލާ ވެރިކަންކުރާ ޕާޓީ ޕީއެންސީއަށް 69 ގޮނޑި ކަށަވަރުވެއްޖެ
ރަމަޟާން މަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރުކޮށްފި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ