ހުޅުމާލޭ ދެ ވަނަ ފޭސްގައި ރޭ ދަންވަރު ފުލުހުންގެ ކާރަކާއި ސައިިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ލައިސަންސް ހިފަހައްޓާފައިވާ މީހަކަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ރޭ ދަންވަރު 01:50 ހާއިރު ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި 18 އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، އެކުއްޖާ ގެންގޮސްފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ދައުރުވަމުންދާ މި އެކްސިޑެންޓުގެ ވީޑިއޯއެއް ކަމަށް ބެލެވޭ ވީޑިއޯއަކުން ފެންނަ ގޮތުގައި ފުލުހުންގެ ކާރުގެ ކުރީ ކޮޅު ބޮނެޓު އޮތީ ކުދިކުދިވެ ނެއްޓިގެން ގޮސްފައެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސައިކަލުގައި ދުއްވާފައި ދިޔަ ޒުވާނާގެ ލައިސަންސް ހިފެހެއްޓީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. ލައިސަންސް ހިފެހެއްޓީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހިލާފުވެގެން ކަމަށް ފުލުހުން ބުންޏެވެ.
އެ އެކްސިޑެންޓް ހިނގުމުގައި ފުލުހުންގެ އުޅަނދު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ތަހުގީގުގެ ތެރެއިން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެފަދަ ނުރައްކާތެރި އެކްސިޑެންޓުތައް ހިންގުން ތަކުރާރުނުވާނެ ގޮތަކަށް ކަންކަން ބައްޓަން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

21 Comments
ގުޅުންހުރި
ފޭކު ވިސާގައި ބިދޭސީން ގެނެސް މަނީ ލޯންޑާ ކުރަމުންދިޔަ ބިދޭސީއެއް، އެކައުންޓުގައި
ފައިވާނެއް ވަގަށް ނެގުމުން މުޖުތަމައަށް ނުރައްކާވެދާނެތީ ފަސް ދުވަހަށް ބަންދުކޮށްފި
ނަޑެއްލާއަށް ދިޔަ ބޯޓަކުން އެ ރަށަށް ފޭބި މީހަކު ގެއްލިއްޖެ، ހޯދަން
ފުލުހުން މެލޭޝިއާގައި، އެކަމަކު އަދިވެސް ޔުމްނު ބަޔާނެއް ނުނަގާ
ފުލުހުންގެ އިސްވެރިންގެ މަގާމުތަކަށް އާ އޮފިސަރުން އައްޔަންކޮށްފި
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރި މައްސަލައިގެ އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިނުގަތް