އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް ކުރިން އޮތްއޮތުން ބަދަލުކޮށް، ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް އެވެ.
މާލޭގެ ގެއެއްގައި ހުރި ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައަކާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިން ކަން އޮތްގޮތަކީ ސަލާމަތީ ގޮތުންނާއި ކޮންޓްރޯލް ކުރުމުގެ ގޮތުން ވިސްނިޔަސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
”އެހެންވެ ސަރުކާރުން ވަނީ ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގަ އެކަނި ކަމަށް ކަނޑައަޅާ އެ ސިޔާސަތު ތަންފީޒު ކުރަން ފަށާފަ،“ އިހުސާން ލިޔުއްވާފައިވެ އެވެ.
އަމިއްލަ ގެތަކުގައި ނުވަތަ ޕްރައިވެޓް ބޮންޑެޑް ވެއާހައުސްތަކުގައި ހިންގަނީ ވެރިފަރާތަށް އަދި ކަސްޓަމްސްއަށް ވަކި ދެ ތަޅެއް ހަރުކޮށް، ކަސްޓަމްސްގެ ހުއްދަނެތި ނޫނީ ނުހުޅުވޭ ގޮތަށެވެ. އެ އުސޫލު ބަދަލުކުރީ އަމިއްލަ ބޮންޑެޑް ވެއާހައުސްއެއްގައި ހުރި 34،500 ސިނގިރޭޓު ކާޓޫނު ގެއްލުނު މައްސަލައެއް ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

5 Comments
ގުޅުންހުރި
ކުރިން ބުނީ ޒަކިއްޔާގެ އޮޓޮޕްސީ ނުހެދުމަކީ ހެދުނު ގޯހެއް ކަމަށް، މިހާރު
މި ސަރުކާރުން ޑްރަގު ފަހާ ނުދުވާނެ، ދުވާނީ ޑްރަގު ވިޔަފާރީގެ ބޮޑުންގެ
ވޭޕް އެތެރެކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދޭނެ ކަމެއް ބުއްދި ގަބޫލެއް
ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފިން:
ޝަމްއާންގެ މައްސަލަ: މާދަމާ ތަފުސީލު ހާމަކުރާނެ ކަމަށް އިހުސާން ވިދާޅުވެއްޖެ
ޝަމްއާނާ ގުޅުން ރަނގަޅު، ފިޔަވަޅު އެޅީ ގާނޫނޫ ފުށޫއަރާ ހިސާބަށް ކަންކަން