މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރުމުން އެއީ އޭނާގެ ބައްޕަގެ ތަކެތި ކަމަށް ފުލުހުން ކައިރީގައި ބުނެފި އެވެ.
ފުލުހުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުހައްމަދު ރިޝްވާން ނައީމް، 23، އެވެ. ރިޝްވާން އަތުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބައްޕަގެ އެއްޗެހި ކަމަށް އޭނާ ބުނި ނަމަވެސް ބައްޕަ އެކަން ދޮގު ކުރެ އެވެ.
ރިޝްވާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހުގެ މުއްދަތަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދު ކުރަން އެ ކޯޓުން އިއްޔެ ވަނީ އަމަރު ކޮށްފަ އެވެ.
”ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި، އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތި ތަހުލީލު ރިޕޯޓާއި، ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭ،“ ބަންދު އަމުރުގައި ބުންޏެވެ.
ރިޝްވާނުގެ އަތުން ފެނުނީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެ އެވެ.
އެ މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، މަސްތުވާތަކެތި ބަންދު ކުރުމަށް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

1 Comment
ގުޅުންހުރި
ޑްރަގު ނެޓްވޯކުން ފަސް އަހަރު ތެރޭ 64 މިލިއަން ރުފިޔާ ދައުރުކުރި،
ޔުމްނާ އާއެކު އުޅުނު ރައުދު އެއްބާރުލުމެއް ނުދޭ، ހައްޔަރުކުރަން އަމުރަކަށް އެދިއްޖެ
ޔުމްނާ ވެއްޓުމުގެ ކުރިން ދިޔަ ޕާޓީގައި އުޅުނު މީހުންގެ ފޮޓޯ އާންމުކޮށް،
ޔުމްނާ ވެއްޓުނު ހާދިސާ: ފުލުހުން ތަހުގީގު ހިންގަނީ ރަނގަޅަށްތޯ ބަލަނީ
ސީސީޓީވީ ފުޓޭޖު ގަޑި ދިމާނުވާތީ ޝަމީމަށް ހަމަލާދިން އެންމެން ސަލާމަތްވެއްޖެ
މާލޭގެ ކެފޭއެއްގެ ތެރޭގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީފި