ރާއްޖޭގައި ނުފެންނަ ފަދަ ޑްރޯން ޝޯއަކާއި ހަވާ އެރުވުމުގެ ހަރަކާތަކާއެކު އާ އަހަރު ފެށުން ފާހަގަކޮށްފި އެވެ.
މިއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ބޭއްވި ހަރަކާތެކެވެ.
އެމްއެމްޕީއާރްސީން، މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލްގެ ނަމުގައި ސެންޓްރަލް ޕާކުގައި ހަރަކާތްތައް ފަށާފައިވަނީ ރޭ 8:00 ގަ އެވެ.
އެމްއެމްޕީއާރުސީން އިސްނަގައިގެން ބޭއްވި ޝޯގައި ވަނީ ދިވެހިންގެ އިހު ޒަމާނުގެ ނެށުމާއި ބޮޑުބެރާއި ސަގާފީ ނެށުންތައް ދައްކާލައިފަ އެވެ.
އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ތަފާތު ކަމަކަށް ވީ ޑްރޯން ޝޯ އެވެ. އޭގައި ވަނީ ރާއްޖޭގެ ޓޫރިޒަމާއި މަސްވެރިކަމާއި ދިވެހިންގެ ޒަމާނީ ނެށުންތައް ދައްކުވައިދޭ މަންޒަރުތައް ޑްރޯން ބޭނުންކޮށްގެން ދައްކާލައިފަ އެވެ.
ފެސްޓިވަލް ބަލަން ދިޔަ މީހުންގެ ތެރެއިން ގުރުއަތުން ނެގި މީހުންނަށް އެކި އިނާމު ދީފައިވެ އެވެ.
އެ ހަރަކާތްތަކަށްފަހު، އާ އަހަރަށް މަރުހަބާ ކިޔައި ހަވާ އަރުވަން ފަށާފައިވަނީ 11:59 ގަ އެވެ.




3 Comments
ގުޅުންހުރި
ފިރިމީހާ ނުވަތަ އަނބިމީހާގެ ގޯއްޗެއް އޮތަސް، ގޯތި ލިބޭ ގޮތް ހަދަނީ
މޮރިޝަސްއަށް އިބޫ ފޮނުއްވި ސިޓީ އަނބުރާ ގެންނަނީ
ދިހަ ރިސޯޓެއްގެ ހިއްސާދާރުންނަށް ރައްޔިތުން، ކޮންމެ ރައްޔިތަކަށް 400 ޑޮލަރު!
މާލޭ ހިޔާ ފްލެޓުން މީހަކު ވެއްޓި އަނިޔާވެގެން ފަރުވާދެނީ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި