ރާއްޖޭގައި މަރުވި ނޭޕާލްއަށް ރައްޔިތެއް ކަމަށްވާ ކަންޗަން ޑަންގަލް (25) ހަށިގަނޑާ ހަވާލުވާނެ މީހެއް ނެތެ މޯޗަރީގައި އޮންނަތާ 24 ދުވަސް ވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މި އަންހެން މީހާ، ބަނޑުގައި ރިއްސާތީ މިދިޔަ ޑިސެމްބަރު މަހު އައިޖީއެމްއެޗަށް ގެންދެވުނެވެ. އަދި އޭނާ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ނުވަ ވަނަ ދުވަހު މަރުވެފަ އެވެ.
އަދި ވެސް އޭނާގެ ހަށިގަނޑާ ހަވާލުވާނެ މީހަކު ނެތެވެ.
އެހެންވެ އޭނާގެ ހަށިގަނޑު މޯޗަރީއަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
އެ އަންހެން މީހާގެ މަރާ ގުޅިގެން ފުލުހުން ބުނީ މެޑިކޯ ލީގަލް ރިޕޯޓުން ކަންޗަން މަރުވި ސަބަބު އެނގިފައި ނުވާ ކަމަށެވެ. ފުލުހުން ބުނީ، އޭނާއަށް ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އޭނާއަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކަންޗަންގެ ހަށިގަނޑާ ސްޕޮންސަރުގެ ފަރާތުން ވެސް ހަވާލުވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.




15 Comments
ގުޅުންހުރި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!