ދުންފަތް އުފެއްދުމަކީ ރާއްޖޭގައި މަނާ ކަމަކަށްވާތީ ދުންފަތް އުފެއްދުމަށް ބޭނުންކުރާ ތަކެތިވެސް ރާއްޖެއަށް އެތެރެކުރުން މަނާ ނަމަވެސް ދުންފަތަށް ދެވިހިފައިފައިވާ މީހުންގެ ފަރުވާއަށް ބޭނުންވާ ތަކެތި އެތެރެކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީން، ކަސްޓަމަށް މިދިޔަ މަހުގެ 24 ގައި ފޮނުވި ސިޓީއެއްގައި ބުނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން އަންގާ ކަމަށެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު އިސްލާހު ގެނެސް ވަނީ ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ސިޓީ ކަސްޓަމަށް ފޮނުވުމުގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ އިތުރު ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
ކުރިން ފޮނުވި ސިޓީގައި ހެލްތު މިނިސްޓްރީން ބުނީ ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަށް އެދޭ މީހުންނަށް އެހީތެރިވެ، އެކަމަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަކީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ސަރުކާރަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެ ހިދުމަތް ވީހާ ވެސް އަވަހަށް ފެށުމަށް ނިންމާފައި ވާތީ، އެކަމަށް ބޭނުންވާ ”ނިކޮޓިން ރިޕްލޭސްމަންޓް ތެރެޕީ (އެންއާރުޓީ) ރާއްޖޭގެ ހުރިހާ ރަށެއްގައި ހުންނަ ފާމަސީތައް މެދުވެރިކޮށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން އެސްޓީއޯ އިން އިމްޕޯޓްކޮށްފައިވާ ނިކޮޓިން ގަމް ޝިޕްމެންޓެއްގެ އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ސިޓީގައި ބުނެފަ އެވެ.
”މިގޮތުން، ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނެވުނު ފުރަތަމަ އިސްލާހުގައި ދުންފަތުގެ ބާވަތްތައް މަނާކުރެވިފައިވާއިރު، ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އިސްތިސްނާ ކުރެވިފައިވާކަން ފާހަގަކޮށްލަމެވެ. އިތުރު މައުލޫމާތެއްގެ ގޮތުގައި ދަންނަވަމެވެ. މިފަދަ ތަކެއްޗަކީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބޭހެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އެއްޗެކެވެ،“ ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން އެފަހުން މިދިޔަ މަހުގެ 24 ގައި ކަސްޓަމްސްއަށް ފޮނުވި ސިޓީގައި ބުނީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އެއްވަނަ އިސްލާހުގައި، އެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އަދި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށެވެ.

ގުޅުންހުރި
ސިނގިރޭޓް އަގުބޮޑުކޮށް ވޭޕް މަނާކުރުމުން މޫނަށް ދުންބުރުވާ މީހުން މަދުވެއްޖެ: ރައީސް
ދުންފަތް ވިއްކާ މީހުން ތިބީ އަޅުގަނޑު ދެކެ ހިތްހަމަނުޖެހިފައި: އެކަމަކު ވަރިހަމަ:
2007 އިން ފެށިގެން އުފަންވި މީހުނަށް ދުންފަތް މަނާކުރާ ބިލު ރައީސް
ދުންފަތާ ދެކޮޅަށް ރައީސް ކުރައްވާ މަސައްކަތަށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލްގެ ހާއްސަ
ވޭޕް އެތެރެކުރުމުން ކުރާ ޖޫރިމަނާގެ ފައިސާ ހޯދޭނެ ކަމެއް ބުއްދި ގަބޫލެއް
ވޭޕް އެތެކުރި ވަކިވަކި މީހުން 48 މިލިޔް ރުފިޔާ ހަމައަށް ޖޫރިމަނާކޮށްފިން: