މި އަންނަ ރަމަލާން މަހު މިސްކިތްތަކުގައި، އިމާމުވެ ތަރާވީހު ނަމާދުކުރާނެ ދިވެހި ހާފިޒުން ހޯދާން އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ކުރި އެ އިއުލާނުގައި ބުނީ މާލޭގެ މިސްކިތްތަކުގައި އިމާމުވެ ތަރާވީހު ނަމާދުކުރާން ބޭނުންވާ ދިވެހި ހާފިޒުން، އެ ކަމަށް އެދި ހުށަހަޅާ ފޯމު ފުރިހަމަކޮށް، ބޭނުންވާ ލިޔުންތަކާ އެކު، އަންނަ މަހު 20ވަނަ ދުވަހު މެންދުރު 2:00ގެ ކުރީން ހުށަހަޅާން ޖެހޭނެ ކަމަށެވެ.
ރަށްރަށުގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދުކުރާން އެދޭ ދިވެހި ހާފިޒުން އަންނަ ފެބްރުއަރީ މަހު ހަވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރީން ފޯމު ހުށަހަޅާން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މާލޭގެ މިސްކިތްތަކުގައި ތަރާވީހު ނަމާދުކުރާން އެދި ފޯމު ހުށަހަޅާން ޖެހޭނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ކައުންޓަރަށް ކަމަށާއި ރަށްރަށުގައި ނަމަ ފޯމު ހުށަހަޅާން ޖެހޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ރަށު ކައުންސިލާއި ސިޓީ ކައުންސިލްތަކަށް ހުށަހަޅާ ފޯމުތައް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެ ކުރީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ހިފްޒުކޮށް، އިމާމުވެ ތަރާވީހު ނަމާދުކުރާން އެދޭ ފޯމު ކައުންސިލްގެ އިދާރާތަކުންނާއި މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mvއިން ލިބޭން ހުންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިވެހި ހާފިޒުންނަށް އެލަވަންސް ދޭނީ އިމާމުވެ ހިފްޒުކޮށް ތަރާވީހު ނަމާދުކުރާ ކޮންމެ ރެޔަކަށް 500 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. ފައިސާ ދޫކުރާން ހަމަޖެހިފައިވަނީ ގިނަވެގެން ކޮންމެ މިސްކިތަކަށް ދިވެހި ދެ ހާފިޒުން ކަމަށެވެ.
މީގެ އިތުރަށް އިސްލާމީ މަރުކަޒާއި ސަލްމާނު ރަސްގެފާނު މިސްކިތުގައި ވެސް ތަރާވީހު ނަމާދު ކުރާނެ ދިވެހި ހާފިޒުން ހޯދާން އިސްލާމިކް މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
އެ ދެ މަރުކަޒުގައި ތަރާވީހު ނަމާދުކުރުމަށް ވެސް ފައިސާ ދޫކުރެވޭނީ ދިވެހި ދެ ހާފިޒުންނަށް ނަމަވެސް، އެ ދެ މަރުކަޒުގައި އިމާމުވެ ނަމާދުކުރާ ހާފިޒުންނަށް، ކޮންމެ ރެޔަކަށް 700 ރުފިޔާގެ އެލަވަންސެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: ފަހުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
ގުރުއާން މުބާރާތުގެ ކޮންމެ ބަޔަކުން 1 ވަނަ ފަރާތަކަށް ޕީއެޗްޑީއާ ހަމައަށް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށާއި ތަނަކަށް އެއްލައްކަ
1037 ބައިވެރިންނާއެކު ގައުމީ ގުރުއާން ކިޔެވުމުގެ މުބާރަތް މިރޭ ފަށަނީ
ހުޅުމާލެ ފޭސް 2 ގައި 3،000 މީހުންގެ ޖާގައިގެ 2 މިސްކިތް