ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއް

ކަސްޓަމްސް އޮފިސަރުންތަކެއްގެ އެކައުންޓުތަކުން 400 މިލިއަން ރުފިޔާ ދައުރުކުރި މައްސަލައެއްގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ގެންދަނީ ކަސްޓަމްސްގެ ތިން އޮފިސަރެއްގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދަނީ ޑިއުޓީ އޮޅުވާލައިގެންނާއި ކަސްޓަމްސްއިން ދޭ އެހެނިހެން ހިދުމަތްތަކުގެ ތެރެއިން ނާޖާއިޒް މާލީ މަންފާއެއް ހޯދި މައްސަލއެއްގެ ގޮތުގައެވެ.

ކަސްޓަމްސްގެ 20 އޮފިސަރެއްގެ އެކައުންޓުގައި 400 މިލިއަން ރުފިޔާ ދައުރުވެފައިވާކަން ”ހަފްތާ“އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ. 241 ކޮމިޓީން ވަނީ އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމަށް ބައެއް ފަރާތަށް ކޮމިޓީއަށް ވެސް ހާޒިރުކޮށްފަ އެވެ.

ރާއްޖެއަށް އެކި ބާވަތުގެ އެއްޗެހި އެތެރެކުރުމުގައި ކަސްޓަމްސްގެ މުވައްޒަފުންގެ އަބަދު ވެސް ތުހުމަތުގެ އިނގިލި ދިއްކުރެ އެވެ.