ވޭޕް މަނާކޮށް، ސިނގިރޭޓު އަގުބޮޑު ކުރަން ނިންމެވީ ދެވި ހިފާފައި ހުރި ބައެއް އާދަތަކުން ރައްޔިތުން ސަލާމަތްކުރުމަށް ކަމަށާއި އެއީ ރައްޔިތުންނަށް ދަތިކުރުމަށް ކުރެއްވި ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހުވަދުއަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ގދ. ވާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ގައުމު ތަރައްގީކުރުމުގައި ވަށާޖެހޭ، މާނަވީ، އަތުން ހިފޭ ތަރައްގީ ހާސިލުކުރުމުގައި އަދި ހޯދުމުގައި ކުރިއަށްދާން އަޒުމު ކަނޑައަޅަން ޖެހޭ ކަމަށާއި އޭރުން ގެންނަން ބޭނުންވާ ހަގީގީ ތަރައްގީ ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ.
”އެކިއެކި ވަބާތަކުން ގައުމު ސަލާމަތްކުރުމަށް، އަޅުގަނޑުމެންގެ ތެރޭގައި ހުރި، އަށަގަނެފައި ހުރި، މޫލާފައި ހުރި، ދެވި ހިފާފައި ހުރި ބައެއް އާދަތަކުން ވެސް އަޅުގަނޑުމެން ހިތްވަރުލާފައި ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ނިޔަތުގައި ކުރާ ކަންކަން. އެއްގޮތަކަށް ވެސް އެއީކީ ރައްޔިތުންނަށް ދަތިކުރުމަށް، އުނދަގޫކުރުމަށް ކުރާ ކަންކަމެއް ނޫން. އަޅުގަނޑުގެ ނިޔަތް މިކަމުގައި ވަރަށް ސާފު،“ އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިހެން ވިދާޅުވި އިރު، ސަރުކާރުން ވަނީ މިދިޔަ މަހު ވޭޕް ބޭނުންކުރުން މަނާކޮށް، ދުންފަތުގެ އުފެއްދުންތަކުގެ ޓެކްސް ބޮޑުކޮށްފަ އެވެ.
ރައީސް އިތުރަށް ވިދާޅުވީ ބައެއް ނިންމުންތަކަކީ އުނދަގޫ ނިންމުންތަކެއް ކަމަށާއި ނަމަވެސް ކުރިއަށްއޮތް މުސްތަގުބަލަށްޓަކައި ޖީލުތައް ސަލާމަތްކޮށްދީ، ވަށާޖެހޭ ތަރައްގީއަކުން ތަރައްގީ ހާސިލުކޮށްދީފައި އޮތް، ހަގީގީ މާނައިގައި ތަރައްގީވެފައި އޮތް ދިވެހިރާއްޖެއަކަށް ހަދައިދިނުމަށްޓަކައި އެ ނިންމުންތައް ނިންމަންޖެހޭ ކަމަށެވެ.

67 Comments
ގުޅުންހުރި
އެއްބަސްވުމާ ހިލާފުވެ, އިޒްރޭލުން އެއް އާއިލާއެއްގެ 11 މެންބަރުން ޝަހީދުކޮށްލައިފި، ގިނައީ
ދެ އަހަރަށްފަހު ޣައްޒާގެ އެންމެ ބޮޑު މިސްކިތުގައި ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު
1.9 މިލިއަންގެ ވަގު ޓީޓީ މައްސަލަ: 38 އަހަރުގެ ޖަލު ހުކުމުން
ނަމާދަށް ރައްކާތެރިނުވާ މީހާ ގިޔާމަތް ދުވަހު ވާހުށީ ގާރޫނާއި ފިރުއައުނާއި ހާމާނާ
ކައިރި ކައިރީގައި އެއާޕޯޓް އަޅާތީ ނަޝީދު: ފެންނަނީ ޕްލޭނެއް ނެތްކަމާއި ޒިންމާދާރުކުޑަކަން
މާލެއިން މުދާ ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ”ނަސްރު ބޯޓު“ އަޑިއަށް ހިނގައްޖެ