ކައުންސިލަރުންގެ އަދަދު މަދުކުރުމުގެ ބަދަލުގައި، ރައީސާއި ނައިބު ރައީސް ފުލްޓައިމްކޮށް، ދެން ތިބި ކައުންސިލަރުންނަށް ހާޒިރުވާ ބައްދަލުވުމަކަށް އެލަވަންސެއް ލިބޭ ގޮތަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އާންމުންގެ ހިޔާލަށް ހުޅުވާލައްވައިފި އެވެ.
ރައީސް ވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައި ބޭއްވި ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ކައުންސިލުތަކުގެ ސައިޒް ކުޑަކުރުމަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭރު ރައީސް ދެއްވި ހިޔާލަކީ ކުދި އާބާދީތަކުގެ ކައުންސިލަށް ރައީސަކާއި ނައިބު ރައީސެއް އެކަނި އިންތިހާބު ކުރެއްވުމެވެ.
ގއ. އާއި ގދ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. ފިޔޯރީއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އޭރު އެގޮތަށް އިއުލާން ކުރެއްވުމުން ކައުންސިލަރުންގެ އަދަދު މަދުވެ، ޑިމޮކްރެޓިކް ރެޕްރެޒޭޝަނަށް އަސަރު ކުރާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކުރި ކަމަށެވެ.
ނަމަވެސް ލޯކަލް ނިޒާމުގެ ހިންގުމުގެ ހަރަދު މިހާރު މާ ބޮޑު ކަމަށާއި އެ ހަރަދު ކުޑަކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
”އެހެންވީމާ މި ހުރިހާ ކަމަކަށް އަލިއަޅުވާލައި، ކުރެވިދާނެ ގޮތެއް ކަމަށް އަޅުގަނޑަށް ފެންނަ ގޮތަކީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ތިބޭނީ ކައުންސިލުގެ ރައީސާއި ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅައި، އިންތިހާބުގައި ފުލްޓައިމް މަގާމަކަށް އިންތިހާބުކުރާނީ ކައުންސިލުގެ ރައީސްގެ މަގާމަށާއި ކައުންސިލުގެ ނައިބު ރައީސްގެ މަގާމަށް ނަގާ ދެ މީހުން ކަމަށް ކަނޑައަޅައި، ދެން މިހާރު ތިބޭ އަދަދަށް ކައުންސިލަރުން އިންތިހާބުކުރާނީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ސިޓީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް އެ އުސޫލުން އަމަލުކުރެވޭނެ ކަމަށާއި ތަރައްގީވެފައިވާ ގިނަ ގައުމުތަކުގައި ވެސް އެ ގޮތަށް ކައުންސިލަރުން ތިބޭ ކަމަށެވެ. އަދި ބައިވެރިވާ ކޮންމެ ޖަލްސާއަކަށް އެލަވަންސެއް ދޭ ގޮތަށް ބަދަލެއް ގެނެސްފި ނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް ވެސް ބަދަލެއް ނައިސް ބޮޑު ހަރަދެއް ސަލާމަތްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
2 Comments
ގުޅުންހުރި
ރިޓާން ޓިކެޓަށް ހުރި ފައިސާ ބޭނުންކޮށްލުމުން، ހިޖުރަ ގުރޫޕުގެ އުމްރާވެރިން ސައުދީގައި
ދެބަފައިން ބައްލުކުރެވޭނެ ގޮތް ހަމަޖައްސައިދިނީ އެ ވަގުތަށް އެކަނި، ދާއިމީކޮށް ރަށަށް
ރަޖުނީއަށް ވިނަރެސް ފްލެޓް ލިބުނީ އޮންނަ އުސޫލުން: ޕޮލިސް
ރަށްރަށަށް ވަޑައިގަތުމުގެ ބޭނުމަކީ މިއަހަރު ކޮށްދޭނެ ކަންކަމުގެ ވާހަކަ ކިޔައިދިނުން: ރައީސް
އާންމުކޮށް ވެލި ނަގާ ސަރަހައްދުތަކުގައި މެޝިނަރީ ބޭނުންކުރާ ނަމަ ފިޔަވަޅު އަޅާނަން:
ފިރިހެން ކުދިންތަކެއް ގްރޫމުކުރި ޓީޗަރު އަލުން ބަންދުކުރަން ހައި ކޯޓުން އަންގައިފި