ރައްޔިތުން ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ވެލި ނެގުމަށް މެޝިނަރީސް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން މިއަދު ދީފި އެވެ.
އީޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރައްޔިތުން ޒަރޫރީ ބޭނުމަށް ވެލި ނަގަން ކަނޑައަޅާފައިވާ ސަރަހައްދުން އުސޫލާ ހިލާފަށް ގިނަ އަދަދަކަށް ވެލި ނަގަމުންދާ ކަމުގެ އެ އިދާރާއަށް ލިބެމުންދާ ކަމަށެވެ.
އަދި ބައެއް ފަރާތްތަކުން އެފަދަ ސަރަހައްދުތަކުން މެޝިނަރީ ބޭނުންކޮށްގެން އަދި ވިޔަފާރި އުސޫލުން އެކިއެކި ބޭނުމަށް ވެލި ނަގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
އެފަދަ ސަރަހައްދުތަކުން ވެލި ނަގަން ޖެހޭނީ މެޝިނަރީއާ ނުލައި ކަމަށް އީޕީއޭއިން ބުންޏެވެ. މެޝިނަރީ ބޭނުންކޮށްގެން ފަޅު ފުން ކުރުމާއި ވެލި ނެގުމުގެ މަސައްކަތް ކުރާ ނަމަ، އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދާ އެއްގޮތަށް އީއައިއޭ ހަދައި އިދާރާތަކާ އެކު މަޝްވަރާކޮށް އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެދޭ ކަމަށް އީޕީއޭއިން ބުންޏެވެ.
”އިސްވެ ދެންނެވުނު ގަވާއިދުތަކާއި އުސޫލާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާ މެދު މި އެޖެންސީން ފިޔަވަޅު އަޅަމުންގެންދާނެ ކަމުގައި ވެސް މިފުރުސަތުގައި ދަންނަވަމެވެ،“ އީޕީއޭއިން ބުންޏެވެ.

1 Comment
ގުޅުންހުރި
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި
މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގައި ޕާކުކޮށްގެން 380 ސައިކަލާއި 40 ކާރު
ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެ ދެ މީހަކު ފިހިއްޖެ
680 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޔަގީންވެއްޖެ: ސައީދު
ފުރަތަމަ އެސްއީޒެޑް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފި