މި އަހަރަށް ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ މަސައްކަތް ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަން ބާއްވާ ޖަލްސާ އަންނަ މަހު 6 އަށް ތާވަލް ކުރަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުން އަދި ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައިނުވެ އެވެ. ނަމަވެސް ޕީއެންސީ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުން ވަނީ އެކަން މި ނޫހަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުން ކޮންމެ އަހަރަކު ވެސް މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާން ކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަމަށް ރައިސުލްޖުމްހޫރިއްޔާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް މަޖިލީހުގައި އިއްވަން ވާނެ އެވެ.
އަންނަ މަހު މަޖިލިސް މިއަހަރަށް ހުޅުވާއިރު، އޭގެ ކުރިން ޗުއްޓީ ތެރޭގައި ދައުރުން ބޭރުން ދެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަ ޖެހިފަ އެވެ. މި މަހު16 އަދި 20ގައި ބާއްވާ އެ ދެ ޖަލްސާ ބާއްވަނީ، އިލެކްޝަން ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް އަދި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ހުސްވެފައިވާ ދެ ގޮނޑިއަށް މެންބަރުން ރުހުން ދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ.




ގުޅުންހުރި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް
ކައުންސިލު އިންތިހާބަށް ޕީއެންސީގެ ޑޯޓުޑޯ ހަރަކާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި
ކޮންމެ މީހަކު ވެސް އިސްލާހު ގެންނަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން:
ދެ އިންތިހާބު އެއްކޮށްލުމަށް ހިޔާލު ހޯދުމުގެ ވޯޓު، ކައުންސިލު އިންތިހާބާއެކު ބާއްވަން
ޓައިމް މެގަޒިންގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް މުއިއްޒު