އުމްރާއަށް ގޮސް އެނބުރި މާލެ ނާދެވި މައްކާގައި ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ. އޭގެ ތެރޭގައި 12 އަހަރުން ދަށުގެ ތިން ކުޑަކުދިން ހިމެނެ އެވެ. އެއީ އަލްހިޖްރަ ޓްރެވަލް އެންޑް ޓްއާރސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އުމްރާގެ އަޅުކަަމަށް ދިޔަ ގުރޫޕެކެވެ.
އެ ގްރޫޕްގެ ހަވާލުގައި އުމްރާއަށް ދިއުމަށް އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައި ވީނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓު ހަމަނުޖައްސާ އެ ފައިސާ ކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށް އެ ކުންފުނިން އިއުތިރާފުވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ވަނީ މި މަހުގެ ނުވަވަނަ ދުވަހު ހިފަހައްޓާފަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ ގްރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ހާލުގައި ޖެހުނު އުމްރާވެރިން މިހާރު ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އެ މީހުން ރާއްޖެއަށް ގެނައީ ހުކުރު ދުވަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އެ ގްރޫޕުގެ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފަ އެވެ.




ގުޅުންހުރި
މާލޭގައި 12 ބުރީގެ ވަގުފް އިމާރާތެއް ހަދަން 39 މިލިއަން ރުފިޔާއަށް
ހައްޖުވެރިންގެ ސިއްހީ ކުޅަދާނަކަމާ ބެހޭ ސާކިއުލާގައި ވަނީ އާ އުސޫލެއް ނޫން:
ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތް: ފަހުރުވެރި ރަންވަނަތައް ޝާޔާ، ޝަބާ އަދި
ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި
ގުރުއާން މުބާރާތުގެ ކޮންމެ ބަޔަކުން 1 ވަނަ ފަރާތަކަށް ޕީއެޗްޑީއާ ހަމައަށް
ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުން އެއްވަނަ ހޯދާ ފަރާތްތަކަށާއި ތަނަކަށް އެއްލައްކަ