ދަ ޑިމޮކްރެޓްސްއަކީ މެންބަރުންގެ އަދަދުން ބަލާއިރު ކުޑަ ޕާޓީއެއް ނަމަވެސް އެ ޕާޓީ ވެގެންދާނީ ރާއްޖެއަށް ހަގީގީ މާނައިގައި އިސްލާހީ ބަދަލުތައް ގެންނާނެ ޕާޓީއަށް ކަމަށް ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި އަދި އެ ޕާޓީގެ ލީޑާޝިޕުގައި ހިމެނިވަޑައިގަންނަވާ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުން ވާދަކުރެއްވި، ހުސެން އަމްރު ހިމެނިވަޑައިގަންނަވަ އެވެ.
އެކަމާ ގުޅިގެން ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައްޑޭ ވިދާޅުވީ ޑިމޮކްރެޓްސްއަކީ ކުޑަ ޕާޓީއެއްގެ ގޮތުގައި ފެނިދާނެ ކަމަށާއި ނަމަވެސް އެ ޕާޓީ މުސްތަގުބަލުގައި ވެގެންދާނީ މާނަވީ ގޮތެއްގައި އިސްލާހީ ބަދަލުތަކުގެ ވާހަކަދައްކާ ޕާޓީ ކަމަށެވެ.
”މިރުހެއްގެ ކުޅިކަން ކަނޑައަޅަނީކީ އޭގެ ސައިޒެއް ވޮލިއުމެއް ނޫން. ގިނަ ފަހަރާ ހަމަ އެންމެ ކުޅި ވާނީ އެންމެ ކުދި މިރުގެ އިނގޭތޯ،“ ވައްޑޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދަ ޑިމޮކްރެޓްސްގައި މިހާރު ކުރިއަށްދަނީ އިރުވައި މޫސުމުގެ ތިން ހަޅަ ކަމަށާއި ޕާޓީގެ ކުރިއެރުމާއި ކާމިޔާބީ އަދި ކުރިއަށް އޮތީ ކަމަށެވެ. އަދި ޑިމޮކްރެޓްސް ދޫކޮށް ދިޔަ ބޭފުޅުންނާއި އެއްވެސް މައްސަލައެއް ނުޖެހޭ ކަމަށާއި ޕާޓީ ބަދަލުކުރުމަކީ އެ ބޭފުޅުންގެ އަމިއްލަ ސިޔާސީ ނިންމެވުމެއް ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ.




16 Comments
ގުޅުންހުރި
އާގަން ގޭސް ބަލްކުކޮށް އެތެރެކޮށް ރާއްޖޭގައި ފިލްކުރަން ފަށައިފި, ދަތިކަމަށް ނިމުމެއް
ކައިޒީން އާއި ބައްޕަގެ މައްސަލަ އަލުން ބަލަން ސިވިލް ކޯޓަށް އަންގައިފި
ވަކިކުރީ 30 އަހަރަށްވުރެ ގިނަ ދުވަހު ކަސްޓަމަށް ހިދުމަތްކުރި ވަހީދާއި ރިޔާޒު
މިދިޔަ އަހަރު ފަށާނެ ކަމަށް ބުނި ޒިކުރާ މިސްކިތުގެ މަސައްކަތް މި
ވަގު ސިނގިރޭޓް މައްސަލާގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރަކު މަގާމުން ވަކިކޮށްފި
”ޖެނެރޭޝަން ބޭން“އަށް އަމަލުކުރަން ފެށުމަށް 24 ގަޑިއިރުގެ ދުވުމެއް