އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް ޓްރާންސްޕޯޓް މިނިސްޓްރީން ގެނައި ބަދަލާ ހެދި ކުންފުނިތަކުން އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ޓްރާާންސްޕޯޓު މިނިސްޓްރީ މިދިޔަ ނޮވެމްބަރު މަހު ގެނައި އެ ބަދަލުގައި ބުނާ ގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ކުންފުނީގެ ނަމުގައި ރަޖިސްޓްރީ ކޮށްދެވޭނީ އެ ކުންފުނީގެ އަމިއްލަ ބޭނުމަށްޓަކައި ބޭނުންކުރާ އުޅަނދުތަކަށް އެކަންޏެވެ. ކުންފުނިން ވިޔަފާރި އުސޫލުން ގެންނަ އުޅަނދުތަކެއް އޭގެ ތެރޭގައި ނުހިމެނޭނެ އެވެ.
އެ ބަދަލާ ގުޅިގެން ”ސީ“ ބޯޑުގައި ސައިކަލެއް ދުލެއް ނުކުރެވޭނެއެވެ. ސައިކަލު ދެން ދޫކުރެވޭނީ ”ޕީ“ ބޯޑުގައި އެކަންޏެވެ.
ޝީޝާ އިން ބުނި ގޮތުގައި ޓްރާންސްޕޯޓް މިނިސްޓްރީން އެ ގަވާއިދަށް ބަދަލު ގެނެސްފައިވަނީ ކުންފުނިތަކާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކުއްލި ގޮތަކަށެވެ. އެހެންވެ އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުމަށް ހަދާފައިވާ ޕޮލިސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށް ބުނެފައިވެ އެވެ.
ޝީޝާ އިން ބުނީ، އިންސްޓޯލްމަންޓަށް ސައިކަލު ދޫކުރުން ހުއްޓާލަން ޖެހުމުން އެ ކުންފުންޏަށް ލިބެމުންދިޔަ އާމްދަނީގެ 50 ޕަސެންޓް މަދުވެފައިވާ ކަމަށެވެ.
ސައިކަލް ވިއްކާ އެކްސްޕާޓް މޮޓޯ އިންވެސް އިންސްޓޯމެންޓަށް ސައިކަލް ވިއްކުން ވަނީ ހުއްޓާލައިފަ އެވެ. އެކަމުގެ ސަބަބުން ވިޔަފާރިއަށް ބޮޑު އަސަރެއް ކުރި ކަމަށް އެ ކުންފުނިންވެސް ބުނެ އެވެ.
އިންސްޓޯލްމެންޓަށް ސައިކަލު ނެގުމަށް ފަހު އެއަށް ފައިސާ ނުދައްކާ ނަމަ ސައިކަލު އަނބުރާ އަތުލުން ފަދަ ފިޔަވަޅުތައް ކޯޓު މެދުވެރިކޮށް އަޅަ އެވެ. ނަމަވެސް ގަވައިދަށް ގެނައި ބަދަލާ ހެދި މީހެއްގެ ނަން މައްޗަށް ރަޖިސްޓްރީ ކުރާ ސައިކަލަކަށް ފައިސާ ނުދައްކާ ހާލަތުގައި އަނބުރާ ނެގުން ފަދަ ކަންތައް ކުރުމަށް ހުރަސްއެޅެ އެވެ.




ގުޅުންހުރި
އަހަރުގެ ފުރަތަމަ ކްރޫޒްލައިނާ 479 ފަސިންޖަރުންނާއެކު ރާއްޖެއަށް
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ޑެންގޫ ޖެހިގެން ރިޕޯޓް ކުރި އަދަދު އިތުރުވެއްޖެ، މިދިޔަ މަހު އެކަނިވެސް
”ވާނެތަ؟“، ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ހާއްސަ!
ހެޔޮއެދޭ ފަރާތަކުން ރ. އަތޮޅުގެ ކޮންމެ ރަށަކުން މީހަކު ހައްޖަށް ފޮނުވައިދެނީ
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް