ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަމަށް ސަރުކާރުން ކަނޑައަޅައިފި އެވެ.
ރައީސް އޮފީހުން މިއަދު އާންމުކުރި ދެންނެވުމުގައި ބުނީ ”ރައީީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް މި އަހަރު ރިޔާސީ ބަޔާން އިއްވަވާ ދުވަސް ކަމަށްވާ 2025 ފެބްރުއަރީ 06 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ދެންނެވީމެވެ“ ކަމަށެވެ.
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމާފައި ވަނީ ޖެނުއަރީ 21، 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.
ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން 2024 ވަނަ އަހަރު ވަނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ނޫން ގޮތުގައި ކަނޑައަޅުއްވައިފަ އެވެ.
ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.

ގުޅުންހުރި
ބަންކަރިން ފަށާތަނުން 400 މިލިއަން ޑޮލަރު ލިބޭނެކަމަށް ވިދާޅެއްނުވަން: ސައީދު
ގަން، ކޮލަމާފުށި އަދި ވިލިނގިލީގެ މަގުތައް ތަރައްގީކުރުން ބާރަށް ކުރިއަށް
ފުލުހުންގެ ބަޔާން: އަންނައުނު ބާލުވައިގެން ކޮންމެ މީހެއްގެ ފޮޓޯއެއް ނުނަގާނެ
ކްރިސްޓިއަނުންގެ އެންމެ ބޮޑު ފާދިރީ ޕޯޕް ފްރެންސިސް މަރުވެއްޖެ
ސަރުކާރުގެ މައި ޖަލާއި އިސްލާހީ ރަށް ހަދައިދޭ ބަޔަކަށް ދ. ވާނީ
ގޭމާސް ކްލަބްގެ 3އޮން3 ފުޓްސެލް މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަފްތާ