މާރޗް 14, 2025

ސައިފް ނުރައްކަލުން ސަލާމަތްވެއްޖެ، ހާލު ދަނީ ރަނގަޅުވަމުން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ހާނަށް އިއްޔެ ދިން ހަމަލާގައި އޭނާ ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށް އޭނާއަށް ފަރުވާ ދެމުންދާ ލިލަވަތީ ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފި އެވެ.

މުމްބާއީގެ ބަންޑާރާގައި ހުންނަ ސައިފް ދިރިއުޅޭ ގެއަށް ވަދެ އޭނާއަށް ވަޅިން ހަމަލާދިނީ ވައްކަން ކުރަން ވަން މީހެކެވެ. އެ ހާދިސާގައި ސައިފްގެ ހަ ތަނަކަށް ވަޅިން ހަމަލާ ދިންއިރު، މައިބަދައަށްވެސް ހަމަލާ ދީފައިވެ އެވެ. އެކަމުގެ ސަބަބުން ސްޕައިނަލް ފްލުއިޑް ލީކުވި އެވެ.

ލިލަވަތީ ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުން މައިބަދައަށް ލިބުނު އަނިޔާ މިހާރު ވަނީ ރަނގަޅުކޮށްފަ އެވެ. އަދި ސައިފްގެ އަތަށާއި ކަރަށް ލިބުނު ޒަހަމް ރަނގަޅުކުރުމަށް ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށްވެސް ބުންޏެވެ.

އޮފިޝަލުން ބުނާ ގޮތުން ވައްކަން ކުރަން ވަން މީހާ ފުރަތަމަ ފެނުނީ ސައިފް އާއި ކަރީނާގެ ހަގު ދަރިފުޅު ޖޭގެ ކޮޓަރި ތެރެއިންނެވެ. އޭނާ އެ ކޮޓަރި ތެރޭގައި ހުއްޓާ ފެނުނީ ޖޭ ބަލަން ގެންގުޅޭ ނެނީއަށެވެ.

ފުލުހުން ބުނީ ވައްކަން ކުރަން ވަން މީހާ ސައިފަށް ހަމަލާ ދިނުމަށްފަހު އެތަނުން ވަނީ ފިލައިފަ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ ބަންޑްރާ ރެއިލްވޭ ސްޓޭޝަނުން ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

2 Comments

  • ابراهيم عمران ޖެނުއަރީ 17, 2025

    Aharunnah heyo saif bolah honeh elhiyas 😆

  • Usamath K. Al-Nabulsi ޖެނުއަރީ 17, 2025

    Hindhu Saif aruvaalabala kulhu kolheh laafa kabadah 🙄

Leave a Reply to Usamath K. Al-Nabulsi Cancel reply