ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ޓީޗަރަކު ކޯޓުން ދޫކޮށްލައިފި އެވެ.
މާލޭގެ ސްކޫލެއްގެ ޕްރައިމަރީ ގްރޭޑެއްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ބިދޭސީ އަންހެން ޓީޗަރަކު ދަރިވަރަކަށް އަނިޔާ ކުރިކަން ސްކޫލުން އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެ މައްސަލައިގައި އެ ޓީޗަރު ސަސްޕެންޑުކޮށް، މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ޕޮލިހަށް ހުށަހެޅި އެވެ.
ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހު ޓީޗަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރި ކަމަށެވެ. ނަމަވެސް ކޯޓުން ޝަރުތުތަކާ އެކު އެ ޓީޗަރު ދޫކޮށްލާފައިވާ ކަމަށް ބުންޏެވެ.
ނަމަވެސް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

1 Comment
ގުޅުންހުރި
ފާޑުކިޔުންތަކަށް ބެލުމެއް ނެތް، ސިޔާސީ މަގާމެއް އަދާކުރި މީހަކު މާދަމާ ހައިކޯޓަށް
ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް
އެމްޑީޕީ ހަރުގެއަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި
ރައީސަށް މަރުގެ އިންޒާރުދިން މަސީހުގެ ބަންދަށް 10 ދުވަސް
އިމިގްރޭޝަން ކޮރަޕްޝަން: ލައްސާން ކުށަށް އިއުތިރާފުވުމުން ލުއި އަދަބެއް ދީފި
މުހައްމަދު ފުލުހަށް ދިޔައިއިރު ސްޓޭޝަނުގައި ފުލުހުން ނެތީ ކްރައިމް ސީނަށް ހުރިހާ