ރާއްޖޭގައި ސިނގިރޭޓު މަނާކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ދެއްވައިފި އެވެ.
ރައީސް އެފަދަ އިޝާރާތެއް ދެއްވީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. އުނގޫފާރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ސިނގިރޭޓު މަނާ ނުކޮށް ވޭޕް މަނާކުރީ އެ ކަމަކީ ދިވެހިންގެ ތެރެއަށް ވަރަށް ފަހުން ތައާރަފުވެ އަދި ދުންފަތުގެ އިސްތިއުމާލު ކުރުން ފަދައިން ދިވެހިންގެ ތެރޭގައި އަށަގަނެފައި އޮތް ކަމަކަށް ނުވާތީ ކަމަށެވެ.
”އެހެން ނަމަވެސް (ސިނގިރޭޓު) އެއްކޮށް މަނާކޮށްލުމަކީ ވޭޕާ މުޅިން ތަފާތު، އެއީ ވަރަށް ފަހުން އައި ކަމެއް، އެހާ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި އަށަގަނެފައި އޮތް ކަމެއް ނޫން ދުންފަތުގެ އިސްތިއުމާލު ކުރުން ފަދައިނެއް ނޫން. އެހެންވީމަ ދެ ކަންތައް އެއްގޮތަކަށް ނުވަތަ އެއްފަހަރާ މަނާކުރުމަކީ އެގޮތަށް ކުރެވޭނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމަ ސްޓެޕް ބައި ސްޓެޕް ކުރަންޖެހޭނެ ކަމަކަށް ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުން ސިނގިރޭޓުން ސަލާމަތްވެ، ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމައުއެއް ގައުމުގައި ގާއިމުކުރެއްވުމަށް އިތުރު ފިޔަވަޅުތައްވެސް އެޅޭ ހިސާބަށް ގޮސްފިނަމަ އަޅުއްވާނެ ކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށްވެސް ވިދާޅުވި އެވެ.

55 Comments
ގުޅުންހުރި
އިސްލާމީ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް އުފާވެރިކަމާއި ކާމިޔާބީއަށް ރައީސް އެދިވަޑައިގެންފި
އިސްލާމީ އުންމަތް ނިކަމެތިވުމުގެ އެންމެ ބޮޑު ސަބަބަކީ ވެރީންނާއި މައިންބަފައިންގެ ބަސް
އީދަކީ އުފާވެރި ހަނދާންތައް ގެނުވާ ދުވަހަކަށް ހެދުމަށް ރައީސް އިލްތިމާސް ކުރައްވައިފި
ތިމާއާ ދޭތެރޭ ނުބައިކޮށް ހިތި މީހާއަށް މާފުކުރުމަކީ ވެސް ކުރެވޭ ހެޔޮ
ހައްޖަށް ދިއުމަށް ދެކެމުން އައި ހުވަފެން 98 އަހަރުގައި ހަގީގަތަކަށް، ލޮލުން
އަލްހަމްދުﷲ! ދިވެހި ހުރިހާ ހައްޖުވެރިން އަރަފާތު ބިމުގައި، އެންމެންގެ ހާލު ރަނގަޅު