ޖެނުއަރީ 22, 2025

ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް ކަމަށް ދ. މީދޫ، ބިއްލޫރިވިލާ, ސަފާ ޝަފީގު މިއަދު އައްޔަންކޮށްފި އެވެ.

ބްރޯޑްކޮމްއަށް ސަފާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ 2023 އެޕްރީލް 26 ގަ އެވެ.

ބްރޯޑްކޮމްގައި މިއަދު ނެގި ފެންނަ ނުފެންނަ ވޯޓެއްގައި ސަފާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުންނެވެ.

ބްރޯޑްކޮމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މަރިޔަމް ވަހީދާގެ ދައުރު މިދިޔަ ޑިސެމްބަރު މަހުގެ ފަހަކަށް ހަމަވުމުންނެވެ.

ބްރޯޑްކޮމްގައި ހަތް މެންބަރުން ތިއްބަވާއިރު ކޮންމެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.