ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފްތާހުކޮށްދެއްވައިފިއެވެ.
ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް ރަސްމީކޮށް އިފްތާހުކޮށްދެއްވީ މިއަދު ފައިނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ޖަލްސާގައެވެ.
އެ މަސައްކަތަކީ މާލެ ވޯޓާ އެންޑް ސެވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އެ މަސައްކަތް ކުރިއަށްގެންދިޔައީ ސަރުކާރުގެ ބަޖެޓުން 64.2 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.
ހައުސިން އެންޑް އިންފްރާސްޓްކްޗާ މިނިސްޓްރީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން އެ ރަށުގައި ނަރުދަމާގެ ތިން ޕަމްޕް ސްޓޭޝަނާއި ސީ އައުޓް ފޯލް އަދި ރަށުގައި ފެނާއި ނަރުދަމާ ނެޓްވޯކް އަޅާފައިވާނެ ކަމަށެވެ. އޭގެ އިތުރުން 20 ޓަނުގެ ފެން އުފައްދާވަރުގެ ދެ އާރުއޯ ޕްލާންޓް ބަހައްޓައި، ފެން ރައްކާކުރުމަށް ދެ ޓޭންކް އަދި ވާރޭ ފެން ރައްކާ ކުރާ ޓޭންކެއް ބަހައްޓާފައިވާނެ ކަމަށެވެ.
ހަމައެއާއެކު ގޭގެއަށް ބޭނުންވާ ފެނާއި ނަރުދަމާގެ ކަނެކްޓިވިޓީވެސް ގުޅައިދީފައިވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރ. އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ