ޣައްޒާގައި ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމުގެ ދަށުން އަސީރުންގެ ދެވަނަ ގުރޫޕް ހަމާސް އިން މިއަދު މިނިވަންކޮށްފި އެވެ.
ފަލަސްތީނު މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާއަތާއި އިޒްރޭލާ ދެމެދު ވި އެއްބަސްވުމަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އެ އެއްބަސްވުމުގެ ދަށުން ހަމަ އެ ދުވަހު ހަމާސް އިން ތިން އަސީރަކު މިނިވަންކުރި އެވެ. އަދި ޖެހިގެން އައި ދުވަހު އިޒްރޭލުން ވަނީ އެ ގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީންގެ 90 މީހަކު މިނިވަންކޮށްފަ އެވެ.
ހަމާސް އިން މިއަދު މިނިވަންކޮށްފައިވަނީ އިޒްރޭލުގެ ހަތަރު އަންހެން ސިފައިންގެ މީހެކެވެ. ފަލަސްތީން ސްކޮއެއާއަށް އެ ހަތަރު މީހުން ގެންދިއުމަށްފަހު އެ ތަނުގައި ހަދާފައި ހުރި ސްޓޭޖަކަށް އެ މީހުން އެރުވި އެވެ. އިޒްރޭލުގެ އަސްކަރީ ޔުނީފޯމުގައި އެ މީހުން ތިބި އިރު، އެ މީހުން ވަނީ އެ ސަރަހައްދަށް އެއްވެފައި ތިބި މީހުންނަށް ހަނާ އަޅައި ސެލިއުޓްކޮށް ހަދައިފަ އެވެ.
އެ ތަނުން ދެން އެ ހަތަރު މީހުން ހަވާލުކުރީ ރެޑް ކްރޮސްއާއެވެ. އަދި ރެޑް ކްރޮސްގެ ދެ ވެހިކަލެއްގައި އެ މީހުން މިހާރު ވަނީ އިޒްރޭލަށް ގެންގޮސްފަ އެވެ.
އެ ހަތަރު މީހުން ރެޑް ކްރޮސްއާ ހަވާލުކުރުމުގެ ހަރަކާތް ބޭއްވި ސަރަހައްދަށް ހަމާސް އާއި އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންގެ އިތުރުން ފަލަސްތީންގެ އެތައް ބަޔަކު އެއްވި އިރު، ހަމާސް އާއި ރެޑް ކްރޮސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިވެސް ކުރި އެވެ.
މި ހަތަރު އަސީރުންގެ ބަދަލުގައި އިޒްރޭލުން އެ ގައުމުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 200 މީހަކު މިނިވަންކުރާނެ އެވެ. އަދި އިންސާނީ އެހީއާއި ވިޔަފާރި މުދާ އެތެރެކުރުމަށް ދެކުނުގައި ހުންނަ ރަފާ ބޯޑަރު ހުޅުވާލަން ވަނީ ނިންމައިފަ އެވެ.




ގުޅުންހުރި
ހައްލު ނުލިބެނީސް، ބޮޑުކަންނެލީގެ މަސްވެރިން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަކަށް ނޫން!
އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަން ފަށައިފި، ބޮޑު އިނާމަކަށް އެއް ލައްކަ
ބުރިޖުގެ މަރާމާތުގެ މަސައްކަތަކަށް މިރޭ 11:45 އިން ފެށިގެން އެއް ލޭނު
ސިނގިރޭޓު ވައްކަން: އާއްޓޭ އާއި ދިގަލި ހިމެނޭހެން ދިހަ މީހަކަށް ދައުވާކޮށްފި
ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން