ގއ. އަތޮޅުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފި އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އުމުރުން 55 އަހަރުގެ އެ މީހާ ހައްޔަރުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މީގެކުރިން އެތައް ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
ކޯޓުން އޭރު ނެރުނު ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ ބަންދުކުރީ ހެކިބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވާފާނެތީ އާއި މުޖުތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ އެވެ.
އެނގިފައިވާ ގޮތުގައި އޭނާ ދޫކޮށްލީ މި މަހުގެ 23 ވަނަ ދުވަހު އެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ސަރުކާރުގެ އިސް އޮފިޝަލަކު ’ހަފްތާ‘ އަށް މައުލޫމާތު ދިން ގޮތުގައި އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮއްވައި އޭނާ ދޫކޮށްލީ ސާބިތުވާ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމުމުންނެވެ.
އެނގިފައިވާ ގޮތުގައި ބަންދުން ދޫކޮށްލި މީހާއަކީ މީގެ 13 ވަރަކަށް އަހަރު ކުރިން ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހެކެވެ. އެފަހަރުވެސް އޭނާއަށް ދައުވާއެއް ނުކުރެ އެވެ.




1 Comment
ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ޓީޗަރެއްގެ މައްޗަށް ފަސް ދައުވާއެއް
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި