ހއ. ދިއްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ 54 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ދިއްދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ އޭޕްރިލް 2022 ގައެވެ. ނަމަވެސް ތަފާތު އެކި ސަބަަބުތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްް ގެންދިއުމަށް މި ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އާރުޑީސީން ބުނީ، ސަރުކާރުގެ އެ ސިޔާސަތުގެ ދަށުން ދިއްދޫގެ މަގުތައް ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ފަށައި މިހާރު ކޮނެގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ އިތުރުން ސްޓޯމް ވޯޓާ ނެޓްވޯކް އެޅުން ފަދަ މަސައްކަތްތަކުގެ ބޮޑު ބައެއް ނިންމާލައިފައިވާ ކަމަށެވެ.
އޭގެ އިތުރުން ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ 25 ޕަސެންޓް މަސައްކަތްވެސް ނިމިފައިވާ ކަމަށް އާރުޑީސީން ބުންޏެވެ.
އިހަވަންދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށީ ފެބްރުއަރީ 2024ގަ އެވެ.
އާރުޑީސީން ބުނީ، އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކޭބަލް ޖަންކްޝަން ނެޓްވޯކް އެޅުމުގެ 75 ޕަސެންޓް މަސައްކަތް ނިންމާލައިފައިވާ ކަމަށެވެ. އަދި ކޮނެގެން ކުރަންޖެހޭ އެހެނިހެން މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.




ގުޅުންހުރި
ތި ހެދީ ދޮގެއް – އަދިވެސް ދޮގުހަދާނަން؟
އީރާނަށް އަސްކަރީ ހަމަލާއެއް ދިނުމާ މެދު މިދަނީ ވިސްނަމުން: ޓްރަމްޕް
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ