ހއ. ދިއްދޫގައި ހަދާ އެއާޕޯޓާއި އިންޓަނޭޝަނަލް ފެންވަރުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ހަފުލާގައި ރައީސް ވިދާޅުވީ، އެ މަނިކުފާނު ވައުދެއް ވެފައިވާ ނަމަ އަދި މެނިފެސްޓޯގައި ކަމެއް ލިޔުއްވާފައިވަނީވެސް އެކަމެއް ކޮށްދެއްވުމަށް ކަމަށެވެ.
އެގޮތުން ދިއްދުއަށް ވެވަޑައިގެންނެވި ވައުދުތައްވެސް ފުރިހަމައަށް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ދިއްދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ ރަށުގެ ތަރައްގީއަށާއި އުތުރުގެ ތިން އަތޮޅު އެއްކޮށްލައިގެން ހަދާ އުތުރުގެ ތަރައްގީގެ ޒޯން ހަގީގަތަކަށް ހެދުމަށްޓަކައި ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
އެގޮތުން ދިއްދޫ އެއާޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް މަސައްކަތްތަކެއް ތަރުތީބުކޮށް ނިންމައި، އެމްޓީސީސީއަށް ބައެއް މަސައްކަތްތައް އަދި ބޭރުގެ ކުންފުންޏަކާއެކު ފްރޭމްވޯކް އެއްބަސްވުމެއް ހަދާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެކަމުގެ ތަފުސީލަކަށް ރައީސް ވަޑައެއް ނުގަންނަވަ އެވެ.
”..(އެއާޕޯޓް)ގެ މަސައްކަތް މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް، ބިން ހިއްކުމާއި އެކީގައި ފަށައި، ބިން ހިއްކުން ނިންމައި ދެން ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަން އަދި ރަންވޭ މިހެން ގޮސް ހުރިހާ މަސައްކަތާއި އެއާޕޯޓުގެ އިމާރާތްތަކާއެކު ހުރިހާ ކަމެއް ފެށޭ ހިސާބުން ބާރު ސްޕީޑުގައި ގެންގޮސް ނިންމަދޭނަމޭ. ނިންމައި ދެން އަޅުގަނޑު އިރާދަކުރެވިއްޔާ މި ރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެއާޕޯޓް މަޝްރޫއު އާއެކު ދިއްދޫގެ ފަތާ ސަރަހައްދާއި މޫދަށް އެރޭ ސަރަހައްދު އަދި އޮޑިދޯނިފަހަރު އެހެލުމަށް ބޭނުންވާ ސަރަހައްދުވެސް ހަދައި، ޖުމުލަ ހައްލެއް ގެންނަވާނެ ކަމަށެވެ. އޭގެ އިތުރުން ދިއްދޫގައި ހަދާ އިންޓަނޭޝަނަލް ފެންވަރުގެ ދަނޑުގެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.




4 Comments
ގުޅުންހުރި
ގެދޮރުވެރިޔާ ފުލެޓުގެ ޑައުންޕޭމަންޓަށް ރަނގަޅު ހައްލެއް ހޯދައިދޭނަން: ރައީސް
ޕޮއިންޓު ބަދަލުކޮށްގެން އެއްވެސް މީހަކަށް ފުލެޓުދީފައެއް ނުވާނެ: ރައީސް
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ސިޔާސީ އޮއިވަރުގައި ޖެހިގެން މަސްވެރިންނަށް ވާނެ ފައިދާއެއް ނޯންނާނެ: ރައީސް
މާދަމާއިން ފެށިގެން މަސް ގަންނަ އެންމެ ދަށް އަގަކަށް 16 ރުފިޔާ