ގާނޫނުއަސާސީން ބޭރުން މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިއްދުއަށް މިއަދު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނުއަސާސީން ލިބިދީފައިވާ ހުރިހާ ހައްގެއް ހުރިހާ ރައްޔިތުންނަށް އޮންނާނެ ކަމަށާއި އެއީ މި ސަރުކާރުން ތަންފީޒު ކުރާނެ ސިޔާސަތު ކަމަށެވެ.
އޭގެ ބަދަލުގައި ސަރުކާރަށް އޮންނާނީ ގާނޫނުތަކުގައި ބުނެފައިވާ ކަންކަން އެކަނި ކުރުމުގެ ހައްގު ކަމަށާއި އެއީ އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.
”މި ސަރުކާރުން އަމަލުކުރާނީ ގާނޫނުގައި ބުނެފައިވާ ގޮތަށް، އެ ގާނޫނުތަކުގައި ބުނެފައިވާ ގޮތުން ބޭރަކުން މި ސަރުކާރަކުން ނުކުރާނެ ކަމެއް. މިދިޔަ ދުވަސްތަކުގައިވެސް ނޯންނާނެ ކޮށްފައެއް. ކުރިއަށް އޮތް ތަނުގައިވެސް ނުކުރާނެ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ބޭނުންފުޅުވަނީ ގައުމަށް ހަމަޖެހުން އަންނަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި ބަދަލުހިފުމުގެ ރޫހެއް ނެތް ކަމަށާއި ސިޔާސީ މީހަކަށް ވެގެން އެއްވެސް މީހަކު ހައްޔަރުކޮށް އަދަބު ދީފައި ނުވާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން އަނިޔާވެރިވެ، އެކަހެރިކޮށް، ބަންދުކޮށް ހެދުމަކީ އެ މަނިކުފާނުގެ ކިބައިން ފެންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އިމާރާތްތަކާއި ބިނާތައް ހަދައި ތަރައްގީ ގެންނަމުންދާއިރު، ރައްޔިތުންގެ ސިކުނޑިވެސް ތަރައްގީވާންޖެހޭ ކަމަށެވެ. ނޫން ނަމަ ގެންނަ ތަރައްގީއެއްގެ ހަގީގީ މާނައެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.




1 Comment
ގުޅުންހުރި
ދިގު މުއްދަތަކަށް ”ވާނުވާ“ގައި ތިބި މީހުންގެ މައްސަލަ މާޗް މަހުގެ ނިޔަލަށް
ހުޅުމާލޭގައި ދިހަ ބުރިއަށް އިމާރާތްކުރުމަށް ޕާކިން ހިމެނޭގޮތަށް ޝަރުތުތަކެއް ހިމަނަނީ
ހުޅުމާލޭ ފޭސް އެކެއްގެ ގޯތިތަކުގެ އަގުން ދިހަ ޕަސަންޓުގެ ޑިސްކައުންޓެއް
ގްރޭޑު 10 އިން ދަށުގެ ކުދިން ސްކޫލަށް ފޯނު ވެއްދުން މަނާ،
ކުލި ނުދައްކާ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މައާފުކޮށްދީފި
ދިވެހިބަހުގެ ފޮތްތައް ލިޔާ ފަރާތްތަކަށް ފޮތް ޗާޕުކުރުމުގައި ހާއްސަ ގޮތްތަކެއް ހަމަޖައްސައިދެނީ