ރާއްޖޭގެ 57 ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ ހައުސިން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަން މިއަދު ބީލަމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްގީކޮށްދޭނެ ބަޔަކު، ހައުސިން މިނިސްޓްރީން އެދިގެން ހޯދަމުންދާ ކަމަށެވެ.
ފިނޭންސުން ބުނީ އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިން ކަމަށެވެ.
އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގައި ކަނޑައަޅާފައިވާ ކެޓަގަރީތަކަށް އެކި ބާވަތުގެ ފައިނޭންޝަލް މޮޑެލް އޮޕްޝަންތައް މެދުވެރިކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ފިނޭންސުން ބުންޏެވެ.
އަދި ބުނީ ޕްރީ-ކޮލިފިކޭޝަން ޕްރޮސެސްއެއް މެދުވެރިކޮށް އޯޕަން ނޭޝަނަލް އަދި އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އަށް ހުޅުވާލެވޭ ކޮންޓްރެކްޓްތަކަށް ހާއްސަ ޕްރޮކިއުމަންޓް ނޯޓިސްތައް އަންނަ މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.
ޕްރީ-ކޮލިފިކޭޝަނަށް ދައުވަތު ދިނުމަށް މެއިލިން ލިސްޓުގައި ހިމެނުމަށް އެދޭ ޝަރުތު ހަމަވާ އަދި ޝައުގުވެރިވާ ބީލަންވެރިން، ނުވަތަ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން tender@finance.gov.mv މެއިލް ކުރަން މިނިސްޓްރީން ވަނީ އެދިފަ އެވެ.

1 Comment
ގުޅުންހުރި
އަމާން އުދަރެސް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުން މި ހަފްތާގައި ފަށަނީ
ގެދޮރުވެރިޔާ ފްލެޓްތަކަށް މި ހަފުތާގައި މީހުން ވައްދަން ފަށަނީ
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ސަލްޓަން ޕާކު ތަރައްގީ ކުރަން ތިން މަހަށް ބަންދުކޮށްފި
ބޮޑުތަކުރުފާނު މަގު ތަރައްގީކުރާތީ ރަސްމީ ފާލަން ފަޅު ބަންދުކޮށްފި
އަންނަ އަހަރު ކުރީކޮޅު ބޮޑުފޮޅުދޫގައި 50 ހައުސިން ޔުނިޓު އަޅައިދިނުމުގެ މަސައްކަތް