ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދިވެހި ވެރިންގެ މުސާރަ 90،000 ރ. އަށްވުރެ ބޮޑު ނުކުރާން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ފޮނުވި ސާކިއުލާގައި ބުނީ ބޭންކުތައް ފިޔަވައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ ތެރެއިން އެންމެ އިސް މަގާމުތަކުގައި ތިއްބަވާ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރ. ކަމަށް ރައީސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.
ރައީސްގެ އެ ނިންމެވުމަކީ އިގުތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި މުސާރައާ ގުޅޭ ގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ދުވަހުގެ މުއްދަތަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅެއް ކަމަށްވެސް ޕީސީބީން ބުންޏެވެ.
އެހެންވެ ޕީސީބީގެ ސާކިއުލާގައި ވަނީ ރައީސްގެ އެ ނިންމެވުމާއި ގުޅިގެން ބޭންކުތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ޗެއާމަނުން، މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ހިމެނޭހެން މަހު މުސާރައާއި އިނާޔަތުގެ ގޮތުގައި 90،000 ރ. އަށްވުރެ އިތުރަށް ލިބޭ ޑިރެކްޓަރުންގެ މުސާރައާއި އިނާޔަތްތަކުން 90،000 ރ. އަށްވުރެ އިތުރުވާ ބައި ޑިޑަކްޝަންގެ ގޮތުގައި އުނިކުރުމަށްފަހު 90،000 ރ. އަށްވުރެ އިތުރުނުވާނެހެން މުސާރައާއި އިނަޔަތް ދިނުމަށް ވަނީ އަންގައިފަ އެވެ.
ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން ކުންފުނިތަކުގެ ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެހެނިހެން މުވައްޒަފުންނަށްވެސް އެ ގޮތަށް އަމަލުކުރުމަށާއި އަދި އެކަމާ ގުޅިގެން ގާނޫނީ ގޮތުން މުވައްޒަފުންނާއެކު ހަދާފައިވާ އެއްބަސްވުންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ޕީސީބީގެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.
ނަމަވެސް މި ނިންމުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންގެ ތެރެއިން ރާއްޖެއިން ބޭރުގެ ޑިރެކްޓަރުންނަކަށް ނުހިންގާނެ އެވެ.




24 Comments
ގުޅުންހުރި
މަޖިލީހުގެ އާ ދައުރަށް ބަޖެޓު ފާސްކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަނީ
ދެ އިންތިހާބު އެކުގައި ބާއްވަން އެމްޑީޕީން މިހާރު ބޭނުންނުވަނީ އިންތިހާބަށް ކަޑަ
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
އެސްޓީއޯ އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގު ހެޔޮކޮށްފި