މަކިޓާގެ ފޭކު އުފެއްދުން ވިއްކާތީ ސަމާލުވާން އެސްޓީއޯ އިން އެދިއްޖެ

ގިނަ ބައެއްގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ މަކިޓާ ބްރޭންޑުގެ ފޭކު އުފެއްދުންތަކެއް ވިއްކަމުންދާތީ އެކަމަށް ސަމާލުވާން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިލްތިމާސްކޮށްފި އެވެ.

އެސްޓީއޯއަކީ ރާއްޖޭގައި މަކިޓާ ބްރޭންޑުގެ އުފެއްދުންތަކުގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެވެ. އެގޮތުން އެ ކުންފުނިން މަކިޓާގެ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާ، ފެންވަރު ރަނގަޅު އުދެއްދުންތައް ރާއްޖެ އެތެރެކޮށް ވިއްކަމުން އަންނަތާ އެތައް އަހަރެއްވެއްޖެ އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ޕަބްލިކް އެޑްވައިޒަރީގައި ބުނީ، މަކިޓާގެ ފޭކު އުފެއްދުންތައް ބާޒާރުގައި ދައުރުވަމުންދާކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެފަދަ އުފެއްދުންތަކަކީ ކަސްޓަމަރުންނަށް އޭގެ ބޭނުން އެދެވޭ ގޮތުގައި ހިފޭނެކަމުގެ ޔަގީންކަން ނެތް، ރައްކާތެރިކަމުގެ އެއްވެސް ގެރެންޓީއެއް ނެތް އުފެއްދުންތަކެއް ކަމަށްވެސް ބުންޏެވެ.

އެހެންވެ އެސްޓީއޯ އިން ވަނީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ގަންނަ އުފެއްދުންތައް ގަތުމުގެ ކުރިން އެ އުފެއްދުންތަކަކީ އޮރިޖިނަލް އުފެއްދުންތަކެއްކަން ކަށަވަރުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ، މަކިޓާ އުފެއްދުންތަކުގެ ފެންވަރު ހިފެހެއްޓުމަށް އެ ކުންފުނީގެ ސާވިސް ސެންޓަރުން އާފްޓާ ސޭލްސް ހިދުމަތް ފޯރުކޮށްދޭނީ އެސްޓީއޯ އިން ނުވަތަ އެ ކުންފުނިން ހުއްދަ ލިބިފައިވާ ފަރާތްތައް މެދުވެރިކޮށް ގަންނަ މަކިޓާގެ އުފެއްދުންތަކަށް އެކަނި ކަމަށެވެ.

އެހެންކަމުން މަކިޓާގެ ފޭކު އުފެއްދުންތަކާމެދު ސަމާލުވުމަށާއި އަދި މަކިޓާގެ އުފެއްދުންތަކުގެ އަސްލުކަން ކަށަވަރުކުރުމަށް އެހީތެރިކަން ބޭނުންވާނަމަ، އެސްޓީއޯ މަކިޓާ ޝޯރޫމަށް ދިއުމަށް އެސްޓީއޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

3 Comments

  • Abdul Sameeu ޖެނުއަރީ 30, 2025

    Bodusingaa fihaaraey ga bodunun bodey jahaagen ves fake vikeyhey sto kaaree miahanee

  • Naashiu Hameed ޖެނުއަރީ 31, 2025

    Fake hurihaa thanaku ves

  • Mariyam Ali ޖެނުއަރީ 31, 2025

    ނުގަންނާތިފޭކު ތަކެތި

Leave a Reply to Naashiu Hameed Cancel reply