އޭޕްރިލް 19, 2025

ދިވެހިންގެ ހެޔޮކަން ފެނި ރާއްޖެއަށް ޗުއްޓީއަށް އައި ކްރިސްޓިއަން ފާދިރީއެއްގެ ދަރިއަކު އިސްލާމްވެއްޖެ

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި ޓޫރިސްޓަކު އިސްލާމްވެއްޖެ އެވެ.

އެންގޭޖްމަންޓް ފާހަގަކުރަން ލޯބިވެރިޔާއާއެކު ރާއްޖެ އައި އިޓަލީގެ އެ ފަތުރުވެރިޔާ ރެޑިޓްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، އެ މީހުން ތިބީ ރަށެއްގެ ގެސްޓްހައުސްއެއްގައި ކަމަށެވެ. އަދި މޫސުން ގޯސް ދުވަހެއްގައި ފަރުމައްޗަށް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ލޯބިވެރިޔާގެ ފޯނު ގެއްލުނު ކަމަށާއި އެ ހިސާބުން ފޯނު އެއްކޮށް ގެއްލުނު ކަމަށް ނިންމި ކަމަށެވެ. ނަމަވެސް ފޯނު އޮތީ ފެން ނުވަންނަ ކަވަރަކަށް ލާފައި ކަމަށް ބުންޏެވެ.

އެ މީހާ ބުނި ގޮތުގައި އެ ފޯނަކީ އެ މީހުންގެ ވަރަށް ގިނަ ހަނދާންތަކެއް ހުރި ފޯނަކަށްވުމާއި ބެކަޕްއެއްވެސް ނުނަގާ ހުރުމުން ލޯބިވެރިޔާ އެކަމާ ވަރަށް ދެރަވި ކަމަށެވެ.

”ފޯނު ގެއްލުނު ވާހަކަ ލޯބިވެރިޔާ ބުނީ އެންމެ ދިވެއްސެއްގެ ގާތުގައި. އެއާއެކު އެ ދިވެހި މީހާ އޭނާގެ ރަހުމަތްތެރިންނާ އެކު ފޯނު ހޯދަން އެތައް ގަޑިއިރެއް ވަންދެން ސްނޯކްލިންގައި އުޅުނު. އަހަރެމެން ބުނިން ދެން އެ ނުފެންނާނޭ. އެކަމާ ނޫޅުމަށް. އެކަމަކު އެވަރުން ވެސް އެ މީހުން ދުލެއް ނުކުރި،“ ފިރިހެން މީހާގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އޭނާ ބުނީ، ދިވެހިން ކުރި މަސައްކަތުން އޭނާގެ ލޯބިވެރިޔާގެ ފޯނު ހޯދި ކަމަށެވެ. އަދި ދިވެހިން އޯގާތެރީ މުސްލިމުންނަށް ވީމަތޯ ސުވާލުކޮށް އިސްލާމް ވާން ބޭނުން ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި ’އިސްލާމްވުމަށް އޭނާ ދާންވީ ތަނެއް‘ ބުނެދިނުމަށް އެދުނެވެ.

އޭގެ ފަހުން ކޮށްފައިވާ އެހެން ޕޯސްޓެއްގައި ބުނެފައިވަނީ ދިވެހި އިލްމުވެރިޔަކާ ބައްދަލުވެ، އިސްލާމް ދީނާ ގުޅޭ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. ދީނުގެ އެންމެ އާންމު ކަންކަމާއި ނަމާދު ކުރާނެ ގޮތާއި ރޯދަ ހިފާނެ ގޮތުގެ ވީޑިއޯ ލިންކުތަކާއި ޒަކާތް ދޭނެ ގޮތްވެސް އެ އިލްމުވެރިޔާ އޭނާއާ ހިއްސާކޮށްފައިވާ ކަމަށް ބުންޏެވެ.

”މިހާރު އަހަންނަކީ މުސްލިމެއް. އަހަރެން ޝަހާދަތް ކިޔައިފިން،“ މީގެ ކުރިން ހަ ފަހަރު ރާއްޖެ އައިސްފައިވާ އެ ފަތުރުވެރިޔާ ލިޔުނެވެ.

”ލޯބިވެރިޔާ މުސްލިމަކަށް ނުވޭ. އެއީ އަހަންނަށް މައްސަލައެއް ނޫން. އަހަރެން މުސްލިމަކަށްވީ މަޖުބޫރަކުން ނޫން. އޭނާވެސް މުސްލިމަކަށްވާކަށް އަހަރެން މަޖުބޫރެއް ނުކުރާނަން،“

އޭނާ ބުނި ގޮތުގައި އޭނާ އިސްލާމްވި ވާހަކަ ރެޑިޓްގައި ހިއްސާކުރީ އޭނާގެ އާއިލާއަކީ ކްރިސްޓިއަން އާއިލާއަކަށްވެފައި، ބައްޕައަކީ އޭނާ އުޅޭ އަވަށުގެ ފައްޅިއެއްގެ ފާދިރީއެއް ކަމަށެވެ. އަދި އެންމެ ފަސޭހަ ކަންތައް މިވީ ކަމަށާއި އިޓަލީއަށް ގޮސް ބައްޕަ ގާތު އިސްލާމްވި ވާހަކަ ބުނުމަކީ އެންމެ އުދަނގޫވާނެ ކަންތައް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

14 Comments

  • Axe Kinzoku ޖެނުއަރީ 31, 2025

    Emme muhimmu kamakee rangalhu dheenakee kobaithoa hoadhai balai dheenah ulhumeve. Gaafiluve dhunieygaa vakielhumeh noon. Meehun numaranvanee mihenve. Kommeves kameh dhimaave muslim vaanvagutheh libeynee dhiri behetteeyaa nun thoa. Al’hamdhu Lillaahi Shukuru

  • Saeeda Aishath ޖެނުއަރީ 31, 2025

    Alhamdhu lillah

  • Moonjau MoonZazee ޖެނުއަރީ 31, 2025

    Ma sha Allah ❤️

  • Hussain Be ޖެނުއަރީ 31, 2025

    ehen viema islaamun dhahkaa rangghalhu namoona goiy fenifaa islaam dhiee gaboolu kurevunie phone hoadhi kudhinnah heyo goiy medhuveri kurahvaashi

  • Hussain Be ޖެނުއަރީ 31, 2025

    hih heyo dhivehinge faraathun enme heyo islaam dhienve libunie dhivehi raajje Akie suvaruge ey beyru Miehun bunananie mihen vegen

  • Nadhiya Abdul Rahman Nadhiya ޖެނުއަރީ 31, 2025

    Alhamdhu lillaahi

  • Yook Sheen ޖެނުއަރީ 31, 2025

    Allhamdhu lillahi

  • Mariyam Naeema ޖެނުއަރީ 31, 2025

    Alhamdhu lillah🤲

  • Fathmath Shaahidha ޖެނުއަރީ 31, 2025

    Alhamdhu lillah ithurah eynaah thedhu magu dhkavaashi Aameen

  • Aminaafulhu Aminaafulhu ފެބްރުއަރީ 1, 2025

    އެކަމަކު މުސްލިމުންނޭ ކިޔާގެންއުޅޭމީހުން އެތިބެނީ ބޮޑުބޭބެ ހަތުރަކައްހަދާގެންވެސް

  • Husna Mohamed ފެބްރުއަރީ 1, 2025

    الله اكبر، الحمد لله

  • Aishath Fazeela ފެބްރުއަރީ 1, 2025

    Alhamdhulillahi ♥️

  • Mariyam Neema ފެބްރުއަރީ 1, 2025

    alhamdlillahi

    • Shakyla Mohamed ފެބްރުއަރީ 1, 2025

      Mariyam Neema Thee thedhu vaahakaeh tha verimeehaage heyokamun islam vee kamah thivaanee

Leave a Reply to Fathmath Shaahidha Cancel reply