އެމްޑީޕީން ދެން މަސައްކަތް ކުރާނީ މިހާރު މި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ބަދަލުކުރަން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން މިރޭ މާލޭގައި ބޭއްވި ”ފުދިއްޖެ، ފުނޑިއްޖެ“ ހިނގާލުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީ އަބަދުވެސް ވެރިކަމަށް އަންނަނީ ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ކަމަށާއި ނަމަވެސް ވެރިކަމަށް އައުމަށްފަހު އެ ފިކުރުގެ މީހުން ކުރާ ކަމަކީ އެމްޑީޕީގެ ބުރަ މަސައްކަތުން ހޯދައިދިން ގާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ނިގުޅައިގަތުން ކަމަށެވެ.
”ދިވެހި ރައްޔިތުން ވަރުބަލިވެއްޖެ. ދިވެހި ރައްޔިތުން ހަލާކުވެއްޖެ. ޕީޕީއެމް/ޕީއެންސީގެ މި ފިކުރާ އަބަދުމެ އަޅުގަނޑުމެން މި ޖެހެނީ ތަޅަން، އަނިޔާވެރިކަމުން ސަލާމަތްވުމަށް. ގާނޫނުއަސާސީން އަޅުގަނޑުމެން ކަށަވަރުކުރަންޖެހޭ މި ނޫން ގޮތެއް…އެމްޑީޕީން ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތް ކުރާނީ މި ސަރުކާރު ބަދަލުކުރަން،“ ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން ބިރުފަހަނައަޅައި ގޮސް ހޯދި ގާނޫނުއަސާސީން ރައްޔިތުންނަށް ހޯދައި ދިން އެންމެ ބޮޑު ހައްގަކީ ބޭސް ފަރުވާއަށް ސަލާން ޖަހަން ނުޖެހުން ނުޖެހުންކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ، މި ސަރުކާރުގެ ތަންދޮރު ނޭނގޭކަމުންނާއި ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުން ބޭސް ފަރުވާއަށް ސަލާން ޖަހަން ޖެހިފައިވާ ކަމަށެވެ.
އަދި ގާނޫނުއަސާސީން ކަށަވަރުކޮށްދިން ހައްގުތައް ރައްޔިތުން އަތުން މި ސަރުކާރުން ނިގުޅައިގަންނަމުންދާތީ އަނެއްކާވެސް ބިރު ފަހަނައަޅައި ނުކުމެ ހައްގުތައް ކަށަވަރުކުރަން ޖެހިފައިވާ ކަމަށާއި މިރޭ ހިނގާލުމުގެ ބައިވެރިން ސާބިތުކޮށްދިނީ އެ މަސައްކަތުގައި ދެމި ތިބޭނެކަމުގެ ޔަގީންކަން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

25 Comments
ގުޅުންހުރި
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަން ޝަމްހީދު ޝައުގުވެރިވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އެއްވެސް ރޭވުމެއް ނުރާވަން: ގާސިމް
އެއްޗެއް ނުބުނެ ވަރަށް ކެތްކޮށްފިން، ސުޕްރީމް ކޯޓުގައި އަތްލީމާ ހިމޭނަކުން ނުތިބެވޭނެ:
އަދީބު އަތުން ލިބުނީ ދައުލަތް ލޫޓުވައިގެން ހޯދި ފައިސާކަމެއް އެ ލިބުނު
ފާޑުކިޔާ މީހުންނަށް ގާސިމުގެ ރައްދު: ރައީސްގެ ރިޔާސީ ބަޔާނުން ނިޔަތް ރަނގަޅުކަން