އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ޑިސްޓްރިކްޓެއްގައި އަންހެނަކު ގޭންގު ރޭޕްކޮށް، މަރާލުމަށްފަހު އަންދާލައިފި އެވެ.
ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުން އުމުރުން 21 އަހަރުގެ އެ އަންހެން މީހާ ރޭޕް ކޮށްފައިވަނީ އޭނާގެ ޅިޔަނާއި އިތުރު ދެ މީހަކު ވެގެންނެވެ. އެ މައްސަލައިގައި ޅިޔަނު ހައްޔަރުކޮށްފައިވާ އިރު، އަނެއް ދެ މީހުން ވަނީ ފިލައިފަ އެވެ.
މިކަން ފަޅާ އެރީ އަންހެން މީހާ ގެއްލިގެން އޭނާގެ އާއިލާ އިން މިދިޔަ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކުރުމުން ހިންގި ތަހުގީގުންނެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައިގައި ކުރި ތަހުގީގުން ޅިޔަނު އެކަން ކުރީ އޭނާއާ ކައިވެނިކުރަން ނުގަބޫލުވުމުން ކަމަށް އެނގިފައިވާ ކަމަށެވެ. އެގޮތުން އެ އަންހެން މީހާ ގެއިން ނެރިގެން ގެންގޮސް ގޭންގް ރޭޕްކޮށް، ހާސްކޮށްލައިގެން މަރާލި ކަމަށާއި އަދި އެއަށްފަހު ހެކި ނައްތާލުމަށް ހަށިގަނޑު އަންދާލި ކަމަށްވެސް ބުންޏެވެ.
މި ހުރިހާ ކަމަކަށް ޅިޔަނު ވަނީ އިއުތިރާފުވެފަ އެވެ.

1 Comment
ގުޅުންހުރި
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
ޕާކިސްތާނުގައި ފެންބޮޑުވެ 48 ގަޑިއިރު ތެރޭ 344 މީހުން މަރުވެއްޖެ
ޣައްޒާގެ ރައްޔިތުންނަށް އިންޑޮނޭޝިއާގެ ފަޅު ރަށެއްގައި މެޑިކަލް ފެސިލިޓީއެއް ހަދަނީ
އިޒްރޭލުން ގޭސް ގަންނަން މިސްރުން އެއްބަސްވެއްޖެ، އަގު 35 ބިލިއަން ޑޮލަރު!
ޖަރުމަނުން އިޒްރޭލަށް ހަތިޔާރު ވިއްކުން ހުއްޓާލަން ނިންމައިފި
އިޒްރޭލަށް ޖާސޫސު ކޮށްދިން އީރާނުގެ ސައިންޓިސްޓަކަށް މަރުގެ އަދަބު ދީފި