އެއް ކިލޯއަށްވުރެ ގިނަ ޑުރަގާއި ގިނަ އަދަދެއްގެ ފައިސާ އާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ ގ. ޖޫތީގެ/ ހަސަން ނަޒީހް، 32އ. އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކުރީ މިދިޔަ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އަދި ކިލޯއަށްވުރެ ގިނަ ޑުރަގާއި ގިނަ އަދަދެއްގެ ފައިސާ ފެނުނީ އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ދެ ގެއެއް ބަލައި ފާސްކޮށްކުރުމުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ނަޒީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.



