ސިޔާސީ ކަންތައްތަކުގައި އުޅުއްވައިގެން ޖަލަށްލުމަކީ ދެއްވި އަނިޔާއެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއީ އޭނާގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި ލިބުނު ދަރުހެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި މުހިންމު އިސް މަގާމުތަކެއް ފުރުއްވި އަދި އެ ފަހުން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ގާސިމު އެހެން ވިދާޅުވީ އޭނާގެ ބަޔޮގްރަފީ ނެރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
ގާސިމް މިރޭ ވިދާޅުވީ، 2008 ވަނަ އަހަރު ފިޔަވައި މައުމޫންގެ ވެރިކަމުގައި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް އޭނާ ހުންނެވީ މައުމޫނާ އެއްކޮށް ކަމަށާއި މައުމޫން އިންތިހާބު ކުރަން އެ އިން ކޮންމެ ފަހަރަކު ”ހެސްކިޔާފައި“ މަސައްކަތް ކުރެއްވި ކަމަށެވެ.
ނަމަވެސް ސިޔާސީ މަސްރަހު ބަދަލުކުރަން ތަފާތު މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ވަކި ހިސާބަކުން ނުކުންނެވުމުން ހިތްހަމަނުޖެހުން އަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
”ޖަލުގައި ހައްޔަރުވާން ދިމާވި ދިމާވުން އެއީ އަޅުގަނޑުގެ މުސްތަގުބަލް އުޖާލާ ކުރުމަށްޓަކައި އަޅުގަނޑަށް ލިބުނު ދަރުސެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ، އެއްގޮތަކަށް ވެސް އަޅުގަނޑަށް ދެއްވި އަނިޔާއެއް ކަމަކަށް ނުދެކެން،“ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަޔަކު ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް މައުމޫނަކީ ޑިކްޓޭޓަރެއް ނޫން ކަމަށާއި އެގޮތުން ރާއްޖެއަށް ޑިމޮކްރަސީ ލިބުނީ މައުމޫންގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.




4 Comments
ގުޅުންހުރި
ޗާގޯސް މައްސަލައިގައި ރާއްޖެއިން އަމަލުކުރަނީ ޔޫކޭ އާއި އެމެރިކާއިން އެދޭ ގޮތަށް:
ޕާކިސްތާނުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި 30 އަށްވުރެ ގިނަ މީހުން މަރާލައިފި
ލޭ ހަދިޔާކުރުމަކީ ދެމިގެންވާ ސަދަގާތެއް، ސަވާބު ލިބިލިބި ހުންނާނެ ކަމެއް: ހުތުބާ
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއެއް ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފި
ކުޅުންތެރީންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފި
ވެލެންސިއާ ރެލިގޭޓުކޮށްލުމަށް، ގްރީނުން މެޗު ފިކްސިންގެ އަމަލު ހިންގިކަމުގެ ތުހުމަތު