މިފްކޯއަށް މަސް ގަންނަ އަގު 20ރ. އަށް ދަށް ކުރުމަށްފަހު އެ އަގު ފްލޯޓުވާ ގޮތަށް ބަދަލުކުރީ މަސް ކައްކައި ހިއްކާ ފަރާތްތަކަށް ހަދިޔާއެއް ދިނުމުގެ ގޮތުން ހެޔޮނިޔަތުގައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކަނޑުމަހާއި ލައްޓިރާގޮނޑި ހިކިމަހުގެ ގޮތުގައި ކައްކައި ހިއްކައިގެން ވިއްކާ މީހުންނަށް އާމްދަނީ ހޯދައިދިނުމަށް މި ސަރުކާރުން ކުރަނީ ކޮން މަސައްކަތެއްތޯ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވަނީ ޝިޔާމްއާ ސުވާލު ކުރައްވައިފަ އެވެ.
އެ ސުވާލާ ގުޅިގެން ޝިޔާމް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު، ކަނޑުމަހާއި ލައްޓިރާގޮނޑި ހިކިމަހުގެ ގޮތުގައި ކައްކައި ހިއްކައިގެން ވިއްކާ ފަރާތްތައް ތިބީ ވަރަށް ހާލުގައި ކަމަށެވެ. ނަމަވެސް އެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑުމެންގެ ސަރުކާރުން މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދިން އެންމެ ފުރަތަމަ ހަދިޔާއަކީ އަދި އެންމެ ބޮޑު އުއްމީދަކީ ވެސް މި ދެންނެވިހެން އެއްވެސް ބަލައިލުމެއް ނެތި އަގަށް ގެނެވުނު ބަދަލު، އަޅުގަނޑުމެން ބަދަލު ކުރީ، މަހުގެ އަގު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށް ބަލައި އެ އަގުތަކަށް ރިއާއަތްކޮށް މަހުގެ އަގު ފްލޯޓު ކުރީ، އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ މަސް ހިއްކައި މަސް ކައްކާ ފަރާތްތަކަށް ވެސް މަސް ލިބޭނެ މަގު ތަނަވަސް ވެގެން ދިޔައީ،“ ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ މަސް ގަންނަ އަގަށް ގެނައި އެ ބަދަލުގެ ސަބަބުންމަސް ކައްކައި މަސް ހިއްކާ ފަރާތްތަކަށް ވެސް މަސް ގަނެވޭނެ މަގު ފަހިވެގެން ދިޔަ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނައީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށާއި އެ ނިންމުމުގެ ސަބަބުން ދައުލަތުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުމަށްފަހު މަސް ކައްކައި ހިއްކާ މީހުންނަށް ވިއްކާނެ މަސް ދޯނިފަހަރުގައި ނުހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
”ވޭތުވެދިޔަ ސަރުކާރު ނިންމައިލި އިރުގައި އެ ފަރާތްތައް އިތުރަށް ގޯސްކޮށްފައި ވެރިކަމުން ވަޑައިގަތީ، އެއީ އެނގިވަޑައިގަންނަވާނެ، އިއްޒަތްތެރި މެންބަރަށް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެ ކަންތައް، 25ރ. އަށް މަހުގެ އަގު މަހުގެ އޭރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދޭތެރޭގައި 17ރ. އަށް ހުރި މަހުގެ އަގު 25ރ. އަށް ހަގީގަތުގައި ބަދަލުކުރި ބަދަލު ކުރުން ވެގެން ދިޔައީ ދެންމެގައި އިއްޒަތްތެރި މެންބަރު ތިޔަ ފާހަގަކުރެއްވި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތައް، ހުރިހާ ފަރާތްތައް ހަގީގަތުގައި ބަނގުރޫޓުވެގެން ދިޔައީ،“ ޝިޔާމް ވިދާޅުވި އެވެ.
”މިފްކޯ، ދައުލަތުގެ ކުންފުނިން އެކަނި މަސް ގަނެވޭނެ ހާލަތަށް ދިވެހިރާއްޖޭގެ ހާލަތު ބަދަލު ކުރުވި ނިންމުމެއް އެއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރާ ދެމެދުގައި އެއްވެސް ދިރާސާއެއް ކުރުމެއް ނެތި 25ރ. އަށް ޖެއްސި ޖެއްސުން.“

16 Comments
ގުޅުންހުރި
މަންދީގެ އިތުރުން އެމްޑީޕީ އާއި ފައްޔާޒުގެ މައްޗަށްވެސް ފަސްޓް ލޭޑީގެ ފަރާތުން
ވެކޭޝަންސް އެކްސްޕޯ މާދަމާ ފަށަނީ، ޒިޔާރަތްކޮށްގެން އުމުރާ ދަތުރެއް ލިބުމުގެ ފުރުސަތު!
ކުރުސީ އެކައުންޓް ހިންގަނީ ކާކުކަން ވަރަށް ސާފުކޮށް އެނގޭ: ރަޝިޔާ
މަޖިލިސް މި ހިންގަނީ ވަރަށް ރަނގަޅަށް، ރައްޔިތުން ބޭނުންވާ ގޮތަށް: ފަލާހު
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ ބަންދުކުރަނީ
މައުމޫން އަތުން 1.1 މިލިއަން ހޯދަން އެމްޓީސީސީން ހުށަހެޅި މައްސަލަ އަނބުރާ