އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ފޮނުއްވި ނަން މިއަދު ބަދަލުކުރައްވައިފި އެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވީ އެ ކޮމިޝަންގެ މެންބަރު އަހްމަދު ނާޝިދުގެ ނަމެވެ.
އޭސީސީގެ ނައިބު ރައީސްގެ މަގާމް ހުސްވީ އެ މަގާމުގައި ހުންނެވި އަބްދުއްސަލާމް އަދި ކޮމިޝަންގެ މެމްބަރު ތޯހާ މުހައްމަދު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމުންނެވެ. އެ ދެ މެންބަރުން އިސްތިއުފާ ދެއްވިއިރު މަޖިލީހުން ވަނީ އެ ދެ މެންބަރުންގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގަން ތައްޔާރުވެފަ އެވެ.
ރައީސް މިއަދު ވަނީ އޭސީސީގެ ނައިބު ރައީސްގެ މަގާމަށް
އެ ކޮމިޝަންގެ މެންބަރު އަބްދުﷲ ނާޝިދުގެ ނަން ފޮނުއްވައިފަ އެވެ.
އޭސީސީގައި މިހާރު ތިއްބަވަނީ:
އާދަމް ޝާމިލް – ރައީސް
ޝިޔާމާ މުހައްމަދު
ޝަޒްނާ ހާޝިމް
އަބްދުﷲ ނާޝިދު
އަހްމަދު ނާޝިދު




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް