އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)، އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އޭޖެންސީ، (އައިރީނާ) އަދި ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން، (ޑަބްލިއުޓީއޯ) އަށް ރާއްޖޭން ދާއިމީ މަންދޫބުން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ދިރާސަކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.
ރާއްޖެއިން، އެހެން ގައުމުތަކަށް ކަނޑައަޅާ ސަފީރުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާ މަންދޫބުން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު މަޖިލީހުން ރުހުން ލިބިވަޑައިގަތުމުންނެވެ. އެއީ ފޮރިން ސާވިސްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތެވެ.
ރާއްޖެއިން އައިއެމްއޯއަށް ކަނޑައަޅާ ދާއިމީ މަންދޫބެއްގެ ގޮތުގައި ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. އިރުތިޝާމް އާދަމްގެ ނަމެވެ.
އައިރީނާއަށް ކަނޑައަޅާ ދާއިމީ މަންދޫބަކަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު ނަމެވެ.
އަދި ޑަބްލިއުޓީއޯއަށް ކަނޑައަޅާ މަންދޫބަކަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ ޖެނީވާގައި ހުންނަ އދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުގެ ނަމެވެ.




ގުޅުންހުރި
ނުރައްކާތެރިކޮށް ވެހިކަލް ދުއްވާނަމަ 20 އަހަރަށް ޖަލަށްލެވޭ ގޮތް ހަދަނީ
ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށް މަޖިލީހުން ފާސްކޮށްފި
އަނބިމީހާއަށް 15،000 ރުފިޔާ ދޭންޖެހޭ، އަތަކު އެކައްޗެއް ވެސް ނޯވޭ: އައްބާސް
ކުރީގެ ނައިބު ރައީސުންނަށް މަހަކު 25,000ރ. އިނާޔަތެއް ދޭން ސަރުކާރުގެ ފަރާތުން
ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަނީ ދީލަތުވުމުން: ނާޒިމް
ޕީއެންސީއަށް ސޮއިކުރިތާ މަހެއް ނުވެ، މަހުލޫފަށް ޖަޕާނުގެ ސަފީރުކަން ދެނީ